Advertisement
ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 16:07
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝުއައިބް މުހައްމަދު އިގްބާލް
ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް
އަހަރުގެ މިހާތަނަށް އަށްލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
ހުރިހާ މަރކެޓަކުން ވެސް ޖުމްލަ ގޮތެއްގައި ކުރިއެރުން ހޯދާފައިވޭ
ޖެނުއަރީ މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައި ވެސް ޑަބަލް ޑިޖިޓް ގްރޯތް އައިސްފައިވޭ
އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޑިއާ މަރކެޓުން

އަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 862,589 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު އެއް ފަހަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 18.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. 2018 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 726،515 ފަތުރުވެރިންނެވެ.

Advertisement

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާ ކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 140،265 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 82،140 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 99.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 މަރކެޓް

ޓޫރިޒަމް މިނިސްޓްރީން ބުނީ ޖުމްލަކޮށް ހުރިހާ ގައުމަކުން ވެސް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ އިރު، ޖެނުއަރީ މަސް ފިޔަވައި އެހެން ހުރިހާ މަހެއްގައިވެސް މިދިޔަ އަހަރާ އަޅާބަލާއިރު ޑަބަލް ޑިޖިޓް ގްރޯތް އައިސްފައިވާ ކަމަށެވެ.

އެކި ބައްރުތަކުން

ރާއްޖޭގައި ޖޫން މަހުގެ ނިޔަލަށް 48،825 އެނދު ރަޖިސްޓްރީ ކޮށްފައިވާ އިރު، އޭގެން 45،772 އެނދު އޮޕަރޭޓް ކުރެވިފައިވެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިން އެވްރެޖްކޮށް ފަތުރުވެރިއަކު 6.3 ދުވަސް ހޭދަކޮށްފައިވާ އިރު މިއީ 14.7 އިންސައްތައިގެ ކުރިއެރުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް