ތިިން ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރާ ތިން ރަށަކީ ބ. ދޮންފަނާއި، ބ. ހިތާދޫ އަދި ރ. އުނގޫފާރެވެ.
ދޮންފަނުގައި ކުނި މެނޭޖްކުރާ މަރުކަޒު 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ ހި-ކޮން ޕްރައިވެޓް ލިމިޓެޑާ އެވެ. މިމަޝްރޫއަށް ދެމިލިއަންއަށްވުރެ ގިނަ ފައިސާ ހަރަދުވާނެއެވެ. އަދި ހިތާދޫގައި ކުނި މެނޭޖްކުރާ މަރުކަޒު 1.734 މިލިއަން ރުފިޔާއަށް އެލް.އެޕް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 90 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މީގެ އިތުރުން ރ. އުނގޫފާރަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެރަށުގެ ކުނިމެނޭޖް ކުރާ މަރުކަޒެއް އެޅުމަށް ވެސް ހަވާލުކޮށްފައިވަނީ ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫއަށް އަށްލައްކައަށްވުރެ ގިނަ ފައިސާ ހަރަދުވާއިރު މިމަސައްކަތް 120 ދުވަސްތެރޭގައި ނިންމަންޖެހެއެވެ.
މިރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އެންމެ ބޮޑު އެއްމައްސަލައަކީ ރަނގަޅު ގޮތުގައި ކުނި ނައްތާނުލެވޭ މައްސަލަ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށާއި، ކުރާ މަސައްކަތްތަކުގައި އެރަށްރަށުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.