Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 18:13
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ގޫގުލް
މިނިވަން ދުވަސް
މިނިވަން ދުވަހާ ގުޅުވައިގެން ފައިމަގުގައި އުޅޭ ވަގުތުތަކެއް ހަމަޖައްސައިފި
ހަވީރު 03:30 އިން 06:30 އަށް މާލެސިޓީގެ މަގުތަކުގައި ދުއްވާ އެންމެހާ ވެހިކަލްތައް ދުއްވުމަކީ މަނާ ގަޑިއެއް

މިނިވަން ދުވަހާ ގުޅުވައިގެން ފައިމަގުގައި އުޅޭ ވަގުތުތަކެއް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ޖުލައި 27 ވާ ހޮނިހިރު ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ކައުންސިލުން ހަމަޖައްސާފައިވަނީ އެ ކައުންސިލުން ނެރުނު ސަރކިއުލަރ ޤަރާރެއްގައެވެ.

އެ ސަރކިއުލަރ ޤަރާރުގައި ބުނެފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އާއި ކެޑޭޓު ކޯގެ ފަރާތުން ބައިވެރިވާ 4 ބޭންޑަކާއެކު ޖުމްލަ ފަސް ބޭންޑްގެ ޕެރޭޑާއި ރޫޓްމާޗް އެ ދުވަހު މާލޭގެ މަގުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޕެރޭޑާއި ރޫޓްމާޗުތައް ބަލަން ނިކުންނަ އުމުރުން ދޮށީ މީހުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަގުމަތީގައި އުޅޭ ވަގުތު ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި، އަދި ޕެރޭޑް ކުރިއަށްދާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ގޮތަށް ނިންމާފައިވާ ކަމަށެވެ.

Advertisement

އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު 03:30 އިން 06:30 އަށް މާލެސިޓީގެ މަގުތަކުގައި ދުއްވާ އެންމެހާ ވެހިކަލްތައް ދުއްވުމަކީ މަނާ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާ ކަމަށް ވެސް މާލެސިޓީ ކައުންސިލުން ބުންޏެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ދިވެހި ޤައުމާ މުހާތަބު ކުރައްވާނެއެވެ. އެގޮތުން އެމަނިކުފާނު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް މުހާތަބު ކުރައްވާނީ މިނިވަން ދުވަހުގެ ހެނދުނު 10:00 ޖަހާއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް