Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 15:55
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
މަޖިލިސް 2019
މިނިސްޓަރ އަމީން މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފި
ވަޒީރާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
ވަޒީރަށް ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް ވަނީ މިއަދު ފޮނުވާފައި
މެމްބަރު ވަޒީރާއި ސުވާލުކުރައްވަނީ މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހަށް ހާޒިރުވުމަށް ނޯޓިސް ފޮނުވައިފިއެވެ.

ހެލްތް މިނިސްޓަރ އަމީން މަޖިލީހަށް ހާޒިރުވާން ނޯޓިސް ފޮނުވާފައިވަނީ އެ މަނިކުފާނާއި ސުވާލު ކުރެއްވުމަށް ރ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހަށް ހުށަހަޅުއްވާފައިވާތީއެވެ. މިނިސްޓަރާއި ސުވާލުކުރެއްވުމަށް މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވަނީ 17 ޖުލައިގައެވެ.

ވަޒީރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޝަރީފް ހުށަހަޅުއްވާފައިވަނީ، އެ މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާގައި ހިމެނޭ، ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުންނެވެ.

Advertisement

ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ގުޅޭ 3 ސުވާލެއް ވަޒީރާއި ކުރެއްވުމަށް މެމްބަރު ވަނީ ހުށަހަޅުއްވާފައެވެ. އެއީ ރ.މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރާއި، މި ކަމަށް މި އަހަރަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯ އާއި، ހޮސްޕިޓަލަކަށް ބަދަލުކޮށް ޚިދްމަތް ދޭން ފެށޭނީ ކޮން އަހަރަކުތޯ ބެލުމަށެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، ވަޒީރަށް ދެއްވަންޖެހޭ 14 ދުވަހުގެ ނޯޓިސް އާދިއްތަ ދުވަހު، ފޮނުވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް