Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 16:00
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
ވެށިފަހި މާލެ ޕްރޮގްރާމް
ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްދޭ: މިނިސްޓަރު އަސްލަމް
މިމަސައްކަތް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވޭ
މާލެއިން ހުސްޖާގަ ބޭނުންވޭ

ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާލެއިން ވަރަށް ބޮޑަށް ހުސްޖާގަ ބޭނުންވާ ކަމަށާއި، އެމަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ ދެންނެވި ސުވާލަކަށް މިނިސްޓަރު އަސްލަމް ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމް ހައުސިންގ މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށާއި، އެމަސައްކަތް ނުހުއްޓޭ ކަމަށެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މާލެއިން ވަރަށް ބޮޑަށް ހުސް ޖާގަ ބޭނުންވާ ކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ބައެއް ދަތިތަކާ ވެސް ކުރިމަތިވާ ކަމަށެވެ.

މާލެއިން ޖާގަ ހުސްވާން މިއަންނަނީ ދަތި ކުދި ތަންތަންކޮޅުގައި ދިރިއުޅޭ މީހުންނަށް އެއަށްވުރެ ތަނަވަސް ތަނަކަށް ބަދަލުވެވިގެން. އެހެންވީމަ ހައުސިން މަޝްރޫއުތަކާއި ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް.
މިނިސްޓަރު އަސްލަމް ވިދާޅުވި

ނަމަވެސް މިމަސައްކަތް ގޮސްފައިވާ ވަކި ހިސާބެއް މިނިސްޓަރު ވިދާޅެއްނުވެއެވެ.

ވެށިފަހި މާލެ ޕްރޮގްރާމްއަކީ މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޖެންޑާ19 ދަށުން މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް