Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 13:25
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރަން ތައްޔާރުވެފައިތިބި ހައްޖާޖީން
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރަން ތައްޔާރުވެފައިތިބި ހައްޖާޖީން
ރާއްޖެއެމްވީ
ހައްޖުގެ އަޅުކަން
ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ފުރައިފި
84 ހައްޖާޖީން ވަނީ ފުރާފައި
ހައްޖާޖީންނަށް އެއަރޕޯޓް އިން އަލްވަދާއު ކިޔުއްވީ ނައިބް ރައީސް ފައިސަލް

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންގެ ފުރަތަމަ ގުރޫޕް ފުރައިފިއެވެ.

ރާއްޖެއިން ފުރަތަމަ ހައްޖަށް ފުރީ ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައްޖަށް ފުރާ ހައްޖާޖީންނެވެ.

Advertisement

ރާއްޖެއިން ފުރަތަމަ ހައްޖަށް ފުރާ ހައްޖާޖީންނަށް އެއަރޕޯޓް އިން އަލްވަދާއު ކިޔުއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެވެ. މި ގްރޫޕުގެ ފަރާތުން 84 ހައްޖާޖީން ފުރާފައިވާއިރު، މިހައްޖާޖީންގެ ހާލު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންދާ ގްރޫޕް ތަކަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް، ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓް، ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް، އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް