Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 15:13
މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ޝުއައިބް މުހައްމަދު އިގްބާލް
ޕްލޭނިންގ މިނިސްޓްރީ
މަޝްރޫއުތައް ނުފެށި އޮތީ ބަޖެޓު ކުރެވިފައިވާ ފައިސާ މަދުވުމުން: ޕްލޭނިންގ މިނިސްޓްރީ
ބަޖެޓުގައި ކަނޑައަޅާފައި ހުރި ފައިސާއިން މަޝްރޫއުތައް ނުހިންގޭނެ

މިއަހަރުގެ ބަޖެޓުގައި ހުރި މަޝްރޫއުތަކުގެ ތެރެއިން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އެކަށީގެންވާ ވަރަށް ފައިސާ ކަނޑައަޅާފައި ނުވާ މަޝްރޫއުތައް ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބަޖެޓުގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިމަނާފައިވީ ނަމަވެސް، އެ މަޝްރޫއުތައް ހިންގުމަށް ބަޖެޓު ކުރެވިފައިވާ ފައިސާއިން އެ މަޝްރޫއުތަކެއް ނުހިންގޭނެ ކަމަށެވެ. އެހެން ނަމަވެސް މިސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހިމަނާފައިވާ ހުރިހާ މަޝްރޫއެއް ފެށުން ކަމަށާއި، ފެށެން އޮތް މިންވަރަކުން އެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

Advertisement

އަހަރުގެ މިހާތަނަށް ސަރުކާރުން 1.1 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ފަށާފައިވާ ކަމަށް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ. އެއީ 36 މަޝްރޫއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އިތުރު 71 މަޝްރޫއެއްގެ މަސައްކަތް ޓެންޑަރ މަރުހަލާގައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބަނދަރެއްގެ މަސައްކަތާއި، 14 މަގުހެދުމުގެ މަޝްރޫއުއާއި، ފެނާ ނަރުދަމާގެ 26 މަޝްރޫއާއި ފެނުގެ 26 މަޝްރޫއު އަދި ޖެޓީ ހެދުމުގެ މަޝްރޫއެއް ކަމަށް މިނިސްޓަރ އަސްލަމް ހާމަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް