Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 07:46
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރަން ތައްޔާރުވެފައިތިބި ހައްޖާޖީން
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރަން ތައްޔާރުވެފައިތިބި ހައްޖާޖީން
އަވަސް
ހައްޖުވެރިން
ހައްޖާޖީންގެ ފުރަތަމަ ފްލައިޓް ފުރުން މިއަދު
ފުރަތަމަ ޕްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ 9:20 ގައި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންގެ ފުރަތަމަ ފްލައިޓް މިއަދު ފުރާގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖެއިން ފުރަތަމަ ހައްޖަށް ފުރުމަށް ހަމަޖެހިފައިވަނީ ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައްޖަށް ފުރާ ހައްޖާޖީންނެވެ. މި ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނު 9:20 ގައެވެ. މި ގްރޫޕުގެ ފަރާތުން 84 ހައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ރާއްޖެއިން ފުރަތަމަ ހައްޖަށް ފުރާ ހައްޖާޖީންނަށް އެއަރޕޯޓް އިން އަލްވަދާއު ކިޔުއްވުމަށް ހަމަޖެހިފައިވަނީ ނައިބްރައީސް ފައިސަލް ނަސީމް އެވެ.

ދިވެހި ހައްޖުވެރިން ފުރުމުގެ ތާވަލް

ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންދާ ގްރޫޕް ތަކަކީ:

  1. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް
  2. ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  3. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
  4. އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  5. މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް
  6. އެކްރޯ ޕްރައިވެޓް ލިމިޓެޑް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް