Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 07:43
ރާއްޖޭގައި ހަރަކާތްތެރިވި ކޮމަންވެލްތް ޓީމް
ރާއްޖޭގައި ހަރަކާތްތެރިވި ކޮމަންވެލްތް ޓީމް
ކޮމަންވެލްތު
ކޮމަންވެލްތު
ރާއްޖޭގެ އިންތިހާބުން އެހެން ގައުމުތައް ފިލާވަޅު ނަގަން ޖެހޭ : ކޮމަންވެލްތް
އިންތިހާބު ދިޔައީ އަމާންކޮށް
އަންހެނުން އިތުރުކުރަން ބާރުއަޅަން ޖެހޭ
ވޯޓު ގަނެވިއްކުން ހުއްޓުވަން ބާރުއަޅަން ޖެހޭ

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުން ކޮމަންވެލްތުގެ އެހެނިހެން ގައުމުތަކުން ފިލާވަޅު ނަގައިގަންނަން ޖެހޭ ކަމަށް އެ ޖަމްއިއްޔާ އިން ރާއްޖޭގެ އިންތިހާބު ކުރިޔަށް ދިޔަ ގޮތުގެ މައްޗަށް ހަދާފައިވާ ރިޕޯޓުގައި ބުނެފިއެވެ.

މި އަހަރުގެ މާޗް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ރާއްޖެ ވަޑައިގަތް ކޮމަންވެލްތުގެ ވަފްދުން ތައްޔާރު ކުރި ރިޕޯޓް ބުދަ ދުވަހު ސެކެރެޓަރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލޭންޑް އަށް ވަނީ އަރުވާފައެވެ. އެ ރިޕޯޓް ސަރުކާރަށާއި، އިލެކްޝަން ކޮމިޝަންގެ އިތުރުން ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާ ކަމަށް ކޮމަންވެލްތުން ބުންޏެވެ.

ރިޕޯޓާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަމައިކާގެ ކުރީގެ ބޮޑު ވަޒީރު ބްރޫސް ގޯލްޑިންގ ވިދާޅުވީ، ވޯޓްލުން ކުރިއަށް ދިޔައީ ސުލްހަވެރިކަމާއި އަމާންކަމާ އެކު ކަމަށެވެ. އެހެން ގައުމުތަކުން ރާއްޖޭގެ އިންތިހާބުތަކުން ފިލާވަޅު ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓްގައި އިންތިހާބުގައި ރަނގަޅު ކުރަން ޖެހޭ ހަތަރު ކަމެއް ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރެއިން ސިޔާސީ ހަރާކާތްތަކުގައި އަންހެނުންނާއި ޒުވާނުން އިތުރުކުރުމަށް ޕާޓީތަކުގެ ސިޔާސަތު އެކުލައިވައިލާން ޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި ވޯޓުގަނެ ވިއްކުން ހުއްޓުވުމަށްޓަކައި އިތުރަށް ބާރުއަޅަން ޖެހޭކަމަށް ވެސް ރިޕޯޓްގައިވެއެވެ.

Advertisement

ރިޔާސީ އިންތިހާބަށް ވުރެ މަޖިލިސް އިންތިހާބުގައި ވޯޓު ގަނެ ވިއްކުން އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

ވޯޓުލާން ޖެހޭ ދުވަހާ ގަޑިއެއް ގަވާއިދުގައި ބަޔާން ކުރަން ޖެހޭ ކަމަށާއި، ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި ތިބޭ މީހުން އެވަގުތު ތިބި ތަނެއްގައި ތިބެގެން ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ރިޕޯޓުގައި ބާރު އަޅާފައިވެއެވެ.

މަޖިލިސް އިންތިހާބުގައި ކޮމަންވެލްތު އޮބަޒާވާސް ޓީމުން ހަރަކާތްތެރިވީ ހއ، ހދ، ކ، ލ، ތ އަތޮޅުތަކާއި މާލެ އަދި އައްޑޫ ސިޓީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް