Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 07:30
ރައީސް ސޯލިހުގެ ދެކަނބަލުން ރާއްޖޭގެ ކުޅުންތެރިންނާއެކު
ރައީސް ސޯލިހުގެ ދެކަނބަލުން ރާއްޖޭގެ ކުޅުންތެރިންނާއެކު
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން
އައިއޯއައިޖީ ގައި ރާއްޖެއިން ބައިވެރިވި ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
އައިއޯއައިޖީގެ ކުޅިވަރުތައް މޮރިޝަސްގައި މިއަދު ކުރިޔަށްދިޔައިރު ރައީސްގެ ދެ ކަނބަލުން ވަނީ އެތަނަށް ވަޑައިގެންފަ
ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި ރީޔޫނިއަން އައިލެންޑްގެ ޓީމް
އަންހެނުންގެ ޓޭބަލް ޓެނިސް މެޗްގައި ރާއްޖެއާއި ބައްދަލުކޮށްފައި ވަނީ މޮރިޝަސް ޓީމް

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވާ ދިވެހި ޓީމުތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން ރާއްޖޭގެ ކުޅުންތެރިން ބައިވެރިވި ބައެއް ކުޅިވަރުތައް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވައިލައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުޅިވަރުތައް މޮރިޝަސްގައި މިއަދު ކުރިޔަށްދިޔައިރު ރައީސްގެ ދެ ކަނބަލުން ވަނީ އެތަނަށް ވަޑައިގެން ރާއްޖޭގެ ވޮލީޓީމާއި ޓޭބަލް ޓެނިސް ޓީމްގެ މެޗްތައް ބައްލަވާލައްވައި ކުޅުންތެރިންނަށް ހިތްވަރުދެއްވައިފައި ކަމަށެވެ.

Advertisement

މިއަދު ކުރިޔަށްދިޔަ ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ބައްދަލުކުރީ ރާއްޖޭގެ ޓީމާއި ރީޔޫނިއަން އައިލެންޑްގެ ޓީމެވެ. އަދި އަންހެނުންގެ ޓޭބަލް ޓެނިސް މެޗްގައި ރާއްޖެއާއި ބައްދަލުކޮށްފައި ވަނީ މޮރިޝަސް ޓީމެވެ.

ބީޗްވޮލީގައި ރާއްޖޭގެ ފިރިހެން ޓީމަށް ނާކާމިބުވީ ނަމަވެސް ޓީޓީ މެޗް ކާމިޔާބުކުރީ ރާއްޖޭގެ އަންހެންޓީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް