Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 21:57
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެއެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަނީ
ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހު 11:30 އަށް
މި މަހުގެ 11 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރުމަށްފަހު ޝަރީއަތް ކެންސަލްކުރި
މިއީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޝަރީއަތުގެ ފަހުން ވަގުތުން ދުރަށް ދައްކާ ފުރުތަމަ ޝަރީއަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑީޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ސްޕޯކްސްޕަރސަން ފައިސަލް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް އިންތިޒާމް ކުރަމުން އަންނަ ކަމަށާއި ޖާގައިގެ ދަތިކަމުން ޕީއެސްއެމް މެދުވެރިކޮށް އެހެން ޗެނަލްތަކަށް ފީޑު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހު 11:30 އަށެވެ. މި މަހުގެ 11 ވަނަ ދުވަހަށް ރައީސް ޔާމީންގެ ޝަރީއަތް ތާވަލް ކުރުމަށްފަހު އިދާރީ މައްސަލައަކާއި ގުޅިގެން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. ދައުލަތުން އެންމެ ފަހުން ހުށައެޅި ލިޔުންތަކުގެ ފަހުން ފަސް ދުވަހުގެ މުއްދަތެއް މަދުވެގެން ދޭން ޖެހޭއިރު ޔާމީންގެ ޝަރީއަތް ނުބޭއްވުނީ އެ ފަސް ދުވަސް ކުރިން އެކަން އަންގާފައި ނުވާތީއެވެ.

Advertisement

އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުންތަކުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅަންޖެހޭ ހުށައެޅުންތަކަށް 10 ދުވަސް ދިނުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން އެ 10 ދުވަސް ދީފައިވެއެވެ. އެ ހުށައެޅުންތައް ޔާމީންގެ ފަރާތުން ހުށައެޅުމުން އޭގެ ރައްދެއްގެ ގޮތުގައި ދައުލަތުން ވެސް ވަނީ ލިޔުންތަކެއް ހުށައަޅާފައެވެ.

ދައުލަތުން ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކްސްކްރޯ އެކައުންޓުން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަން ހާމަވާ ކަމަށެވެ. އަދި އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓުން ބީއެމްއެލްގެ ޑޮލަރު އެކައުންޓަށް އޭގެ އަސްލު އޮޅުވާލުމަށް ޓްރާންސްފާ ކޮށްފައިވާ ކަން ހާމަވާ ކަމަށް ބުނެ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައެވެ.

އެންމެ ފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް