Advertisement
ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 07:29
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރާ އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަނީ ޖުލައި 27 ވާ ހޮނިހިރު ދުވަހު
ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 19 ން 23 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 އާ ހަމައަށް
އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހެނީ ބައު ޖަމާލުއްދީނަށް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮބްޒާވް ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

Advertisement

އީސީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީ އިން އައްޔަން ކުރާ ވަކީލަކު ކަނޑައެޅުމަށްޓަކައި ބާއްވާ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވާނެ ކަމަށެވެ.

ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ޖުލައި 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ނިންމާފައެވެ.

މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 19 ވާ ހުކުރު ދުވަހުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބާ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ބާ ކައުންސިލުން ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހެނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ މަރުކަޒު ބައު ޖަމާލުއްދީނަށް ކަމަށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވާ އާދީއްތަ ދުވަހުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.

މިއިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ 27ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އެގޮތުން، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުފަހުންނެވެ.

ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ހާލަތުގައި ފިޔަވައި، މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ އާދީއްތަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް