Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 18:41
މާފުށި ޖަލު
މާފުށި ޖަލު
މިހާރު
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
ޖަލުގައި ހިނގި ހަމަނުޖެހުމުގެ ރިޕޯޓް އާއްމުކުރަނީ
460 މައްސަލައެއް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުން
ހަމަ ނުޖެހުން ހިނގީ 4 ވަަނަ ޔުނިޓްގައި

މިދިޔަ މަހު މާފުށި ޖަލުގައި ގައިދީންތަކަކާ ޖަލު ބަލަހައްޓާ އޮފިސަރުންނާ ދެމެދެ ހިނގި ހަމަނުޖެހުންތަކުގެ ތަފްސީލީ ރިޕޯޓެއް ވަރަށް އަވަހަށް އާއްމުކުރާނެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އެންއައިސީގެ މެމްބަރުން ވަނީ ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި އެންއައިސީގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ، އެ ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތައް އެކަށީގެންވާ ވަރަށް ކުރިޔަށް ނުދާކަމަށް މީޑިއާގައި ދެކެވޭ ވާހަކަތައް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެންއައިސީން މަސައްކަތް ކުރަނީ އިންސާފުވެރިކަމާ އެކު މައްސަލަތައް ތަހުގީގު ކުރުމަށް ކަމަށް ވިދާޅުވިއެވެ. މިހާތަނަށް އެ ކޮމިޝަނަށް 460 އަށް ވުރެ ގިނަ މައްސަލަ ހުށައެޅި 100 އަށް ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށް ނިމިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement

ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެންއައިސީން މިހާތަނަށް ކޮށްފައިވަނީ ކޮން ކަމެއްތޯ މެމްބަރަކު ސުވާލުކުރެއްވުމުން އެންއައިސީގެ ރައީސް ސުލައިމާން ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި، ރިޕޯޓް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ. ރިޕޯޓް އާއްމުކުރާނެ ތާރީހެއް އެންއައިސީގެ ރައީސް ވިދާޅެއް ނުވެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައި ދިޔައީ މާފުށީ ޖަލުގެ ޔުނިޓް 4 ގައި މަސައްކަތް ކުރާ އޮފިސަރެއް ގާތު، އެތަނުގައި ހުރި ގައިދީއަކު ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން ބުނުމުން އޮފިސަރު އެކަމަށް އިންކާރުކޮށް ދެކެވުނު ވާހަކަތަކަކާއި ގުޅިގެންނެވެ. އެ ކުރިމަތިލުންތަކުގައި އޮފިސަރުން ގައިދީން ގައިގައި ތަޅާއި، ޕެޕަރ ސްޕްރޭ ވަނީ ޖަހާފައެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އޮންނަ އުސޫލާއި ހިލާފަށް އޮފިސަރުން އަމަލުކުރުމުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުއާޒް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް