Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 14:58
މަތިވެރީގެ ގިރާ ސަރަހައްދު
މަތިވެރީގެ ގިރާ ސަރަހައްދު
ޕީއެސްއެމް
އއ.މަތިވެރި
ރަށް ގިރުމުގެ މައްސަލަ: ގެސްޓްހައުސް ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރުކުރޭ: މަތިވެރި ކައުންސިލް
ގެސްޓްހައުސްތައް ހިންގާ ސަރަހައްދާ ގާތަށް ވަނީ ގިރާފައި
ސާރވޭ ކުރޭ، ހައްލުކުރުމަށް އަމަލީ މަސައްކަތެއް އެއްވެސް ސަރުކާރަކުން ނުކުރޭ
ގިނަ އަދަދެއްގެ ބޮޑެތި ރުށްގަސްތައް ގެއްލިއްޖެ

އއ.މަތިވެރީގެ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މިހާރު ގެސްޓް ހައުސްތަކުގެ ވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު އިލްޔާސް އިބްރާހިމް ވިދާޅުވީ އެރަށުގެ ހުޅަނގު ދެކުނު ފަރާތުން ވަރަށް ބޮޑު ސަރަހައްދެއް ގިރާފައިވާ ކަމަށާއި، މިހާރު ވެސް ގިރަމުންދާ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ރަށް ގިރުމުގެ މައްސަލައަކީ ހައްލެއް ލިބިފައިނުވާ ނުވާ ބޮޑު މައްސަލައެއް ކަމަށާއި، މިމައްސަލައަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

Advertisement

އިލްޔާސް ވިދާޅުވީ މިހާރު ގިނަ އަދަދެއްގެ ރުށް ގަސްތައް އެސަރަހައްދުން ގެއްލިފައިވާ ކަމަށާއި، ރަށް ގިރަމުން އައިސް ގެސްޓްހައުސް ވިޔަފާރި ހިންގާ ސަރަހައްދާ ވަރަށް ގާތަށް ގިރާފައިވާ ކަމަށެވެ. އަދި އެވިޔަފާރިއަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ ރަށްގިރާ ސަރަހައްދުގެ ސަރވޭ ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޓީމެއް ރޯދަ މަސްތެރޭގައި އައިސް މަސައްކަތް ކުރި ކަމަށާއި، އަދިވެސް ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އެރަށުގެ ރައްޔިތުން ބޭނުންވަނީ ހިއްކައިގެން ކަމަށާއި، އެހިޔާލު ވެސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

900 އަށްުވުރެ ބޮޑު އާބާދީއެއް އޮންނަ މަތިވެރިއަކީ ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. އެރަށުގައި 10 އަށް ވުރެ ގިނަ ގެސްޓްހައުސް ހުރިއިރު ރަށްގިރުމުގެ މައްސަލައަށް ފާއިތުވެދިޔަ ސަރުކާރުން މާބޮޑު ސަމާލުކަމެއްދީފައި ނުވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުންފާޅުކުރެއެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް ސާރވޭ ކުރާ ކަމަށާއި، އަމަލީ ސިފައެއް ނުގެންނަ ކަމަށް އެރަށުގެ ގިނަ ރައްޔިތުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް