Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 12:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާއި ސަލާމް ކުރައްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާއި ސަލާމް ކުރައްވަނީ
ރައީސް އޮފީސް
މޮރިޝަސް ދަތުރުފުޅު
ރައީސް މޮރިޝަސްގެ ވަގުތީ ރައީސާއި ބައްދަލުކުރައްވައިފި
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް
ރައީސްގެ ދެ ކަނބަލުންނަށާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ކީ ހޫނު މަރުޙަބާއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުނީތީ، ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާއި ހޮނިހިރު ދުވަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެޤައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ދެ ކަނބަލުންނަށާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ކީ ހޫނު މަރުޙަބާއަށްޓަކައި އެ ގައުމުގެ ވަގުތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement

މީގެ އިތުރުން ހުކުރުދުވަހު ފެށުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނުގެ ދެ ކަނބަލުންނަށް ބައިވެރިވެ ވަޑައިގެންނެވުނީތީ އެކަމާއި އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ބައްލަވާލެއްވުމުގެ ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް، މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް