ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހުގެ ޤަވާއިދު ދިރާސާ ކޮމިޓީން ނިންމައިފި އެވެ.
ބުދަ ދުވަހު ބޭއްވި ގަވާއިދު ދިރާސާކުރާ ކޮމިޓީން ވަނީ 18 ވަނަ މަޖިލިސް ފެށުނުއިރު ޤަވާއިދުގައި އޮތް ގޮތަށް ބަދަލު ކޮށްފައެވެ. މިހާރު އޮތް ގޮތުން ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީ ފެށިގެން 30 އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ 01 ޖޫން ފެށިގެން 06 އޮގަސްޓް ގެ ނިޔަލެވެ. އަދި ފަހު ދައުރު ހިނގާނީ 27 އޮގަސްޓު އިން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.
ނަމަވެސް ޤަވާއިދު ކޮމިޓީންވަނީ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރު ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ. އެހެންކަމުން ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީން ފެށިގެން 30 އެޕްރީލް އަށެވެ. ދެވަނަ ދައުރު ހިނގާނީ 01 ޖޫން އިން ފެށިގެން 31 އޮގަސްޓަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ 01 އޮކްޓޫބަރު އިން 30 ނޮވެމްބަރުގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރު މިހާރު އޮތް ގޮތަށް ބަދަލު ކޮށްފައިވަނީ 18ވަނަ ރައްޔިތުން މަޖިލީހުންނެވެ.
މިހާރު އޮތް ގޮތުން ފުރަތަމަ ދައުރު ހިނގާނީ 01 ފެބްރުއަރީ އިން ފެށިގެން 30 އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ 01 ޖޫން ފެށިގެން ފެށިގެން އޮގަސްޓް 16 ގެ ނިޔަލެވެ. އަދި ފަހު ދައުރު ހިނގާނީ އޮގަސްޓު މަހުގެ 27 އިން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ ދައުރު ހިނގާ ގޮތަށް ބަދަލު ގެންނަން ކޮމިޓީން ނިންމަފައި މިވަނީ އެޖެންޑާ 19 ގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ވައުދު ފުއްދުމަށްޓަކައި މެންބަރުން އެ މެންބަރަކު ނިސްބަތްވާ ދާއިރާއަށް ވަޑައިގެން ރަށްޔިތުންނާއި ބައްދަލު ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ވަނީ ތިން ދައުރުގެ މައްޗަށެވެ. ގަވާއިދު ކޮމިޓީން މި ނިންމުން ނިންމާފައި ވީނަމަވެސް މި އިސްލާހު ފާސްވެގެންދާނީ މަޖިލީހުގެ ތަޅުމަށް، އެ އިސްލާހު ހުށަހަޅާ ފާސްވެއްޖެނަމައެވެ.