Advertisement
ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 07:20
ށ. މިލަންދޫ ސުކޫލުގެ ސީލިންގުން ބައެއް ވެއްޓިފައި
ށ. މިލަންދޫ ސުކޫލުގެ ސީލިންގުން ބައެއް ވެއްޓިފައި
ޓްވިޓަރ
ށ. މިލަންދޫ
ށ. މިލަންދޫ ސްކޫލްގެ ކްލާސް ރޫމްތަކުގެ ސީލިންގުން ބައެއް ވެއްޓިއްޖެ
އެ ރަށު ސުކޫލުގެ ތިން ކްލާސް ރޫމެއްގެ ސީލިންގްގެ ބައެއް ބައިތައް ވަނީ ވެއްޓިފަ
އެކަން ހިނގި އިރު ކްލާސް ރޫމްތަކުގައި ކުދިން ވެސް ތިބި ކަމަށްވޭ
ސްކޫލްގެ އާ އިމާރާތުގައި ހުންނަ ލެބޯރެޓަރީއާއި ކޮމްޕިއުޓާ ލެބްގެ އިތުރުން، ލައިބްރަރީއަށް ވެސް ފެން ވަދެފައިވޭ

މިއަދު ހެނދުނު ކުރި ވިއްސާރާގައި ށ. މިލަންދޫ ސްކޫލްގެ ކްލާސް ރޫމްތަކުގެ ސީލުންގުން ބައެއް ވެއްޓިއްޖެ އެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެ ރަށު ސުކޫލުގެ ތިން ކްލާސް ރޫމެއްގެ ސީލިންގގެ ބައެއް ބައިތައް ވަނީ ވެއްޓިފައެވެ. އެގޮތުން، ސީލިންގތައް ވެއްޓުމަށް މެދުވެރިވީ ސަބަބަކަށް ވެފައިވަނީ މިއަދު ހެނދުނު އެ ރަށަށް ބޯކޮށް ކުރި ވިއްސާރައެވެ.

Advertisement

އެކަން ހިނގި އިރު ކްލާސް ރޫމްތަކުގައި ކުދިން ވެސް ތިބި ކަމަށް ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. މީގެ އިތުރުން، ސްކޫލްގެ އާ އިމާރާތުގައި ހުންނަ ލެބޯރެޓަރީއާއި ކޮމްޕިއުޓާ ލެބްގެ އިތުރުން، ލައިބްރަރީއަށް ވެސް ފެން ވަދެފައިވެއެވެ.

މި ހާދިސާގެ ސަބަބުން ހެނދުނު އިންޓަވަލްގެ ފަހުން ސްކޫލްގެ ކިޔެވުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ ސްކޫލް އިމާރާތް ކޮށްފައިވަނީ ވަރަށް ދަށް ފެންވަރުގައި ކަން ފާހަގަކޮށްލެވެއެވެ. ޝިޔާމް ވިދާޅުވި މިހާރުން މިހާރަށް ސުކޫލުގެ ސީލިންގު ބަދަލުކުރަން ޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް