Advertisement
ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 15:07
ސިވިލް ކޯޓު
ސިވިލް ކޯޓު
ރާއްޖެއެމްވީ
ބީއެމްއެލް
ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ހުށައެޅި މައްސަލައަށް ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބި ޝަރީއަތަށް
މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފެށީ ބުރާސްފަތި ދުވަހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށްކުރި ދައުވާ އަށް ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުން، މައްސަލަ ޝަރީއަތަށް ހުށަހަޅައިފި އެވެ.

ބުރާސްފަތި ދުވަހު އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ވަނީ ސިވިލް ކޯޓުގައި ފަށައިފައެވެ. ރިޔާސީ ކޮމިޝަންގެ ފަރާތުން އެ މައްސަލާ ގައި ތަމްސީލުވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ބޭންކުގެ ފަރާތުން ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލް ޝާހީން ހަމީދެވެ.

އެ މައްސަލާއި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔައީ މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ބާއްވާ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެއްކަމުން އެ އަޑުއެހުމަށް ނޫސްވެރިން ވައްދާފައެއް ނުވެއެވެ. ސިވިލް ކޯޓުން ބުނީ ޑިސްޕިއުޓް މަރުހަލާގައި ހައްލެއް ނުލިބުމުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ނިންމެވިކަމަށެވެ.

Advertisement

އެނގިފައިވާގޮތުގައި ބީއެމްއެލުން ކޯޓަށް ހުށަހެޅީ ރިޔާސީ ކޮމިޝަނުން އެދުނު މައުލޫމާތެއް ހިއްސާ ނުކުރުމުގެ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް