Advertisement
ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 12:38
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަނީ
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަނީ
ރައީސް އޮފީސް
ރާއްޖެ - މޮރިޝަސް
ރައީސްގެ ދެ ކަނބަލުން މޮރިޝަސްއަށް ފުރާވަޑައިގެންފި
މިއީ ޖުލައި މަހުގެ 18 އިން 22 އަށް ކުރައްވާ ދަތުރުފުޅެއް

މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މިހިނގާ ޖުލައި މަހުގެ 18 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައި.އޯ.އައި.ޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައިކަމަސް ރައީސް އޮފީހުން ބުންޏެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ ކޮންޓިޖެންޓް ބުދަ ދުވަހުގެ ހެނދުނު މޮރިޝަސް އަށް ފުރިއިރު، ރާއްޖޭގެ ޓީމުތަކުގެ މިއަހަރުގެ އަމާޒަކީ 15 މެޑައްޔެވެ. މިއަހަރު އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރުގައި ބައިވެރިވާނެއެވެ. އެ ކުޅިވަރުތަކަކީ ފުޓުބޯޅަ، ބާސްކެޓް ބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ކައިޓް ސާފިންގް، ބެޑްމިންޓަން، ސެއިލިންގް، ސްވިމިންގް އަދި ޔޫތް ކޭމްޕެވެ.

Advertisement

ދިވެހިރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފެށުނީއްސުރެ ބައިވެރިވަމުންނެވެ. އެގޮތުން މި މުބާރާތް ބޭއްވުނު ނުވަ އަހަރު ރާއްޖެއިން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ރާއްޖެއިން މިހާތަނަށް 1 ރަން މެޑަލް ހޯދައިފައި ވާއިރު 7 ރިހި މެޑަލް ކާމިޔާބު ކޮށްފައިވެއެވެ. އަދި 14 ލޯ މެޑަލް ރާއްޖޭގެ އެތްލީޓުން ވަނީ ކާމިޔާބު ކޮށްފައެވެ. މިއީ ރާއްޖެއިން އައިއޯއައިޖީގައި ވާދަކުރާ 10 ވަނަ ފަހަރެވެ.

ރައީސް ސޯލިހް މޮރިޝަސް އަށް ވަޑައިގަންނަވާއިރު، ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ހުންނެވީ އެ ޤައުމުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް