Advertisement
ކ. މާލެ
|
18 ޖުލައި 2019 | ބުރާސްފަތި 10:56
އައިޝަތު އާޒިމާ ޝަކޫރު
އައިޝަތު އާޒިމާ ޝަކޫރު
މުހައްމަދު ޝަރުހާން
އައިޝަތު އާޒިމާ ޝަކޫރު
އާޒިމާގެ ޝަރީއަތް މިއަދު 11:30 ގައި
އެމައްސަލައިގައި އޮންނާނީ އިބްތިދާއީ އަޑުއެހުންތައް
ލިޔުންތައް ހަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހު
މަނީ ލޯންޑާކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުންތައް ބުރާސްފަތި ދުވަހުގެ 11:30 އަށް ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ.

މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ބުރާސްފަތި ދުވަހު ފަށާއިރު އާޒިމާއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލިޔެކިޔުންތައް ހަވާލު ކޮށްފައެވެ. އެ ލިޔެކިޔުންތަކާ ހަވާލުވުމަށްފަހު އޭނާގެ ފޭސްބުކުގައި ވިދާޅުވީ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިންކަމަށް ބުނެ އުފުލާފައިވާ ދައުވާއަކީ ބަޔަކު ރާވައިގެން އޭނާގެ އަޑު ކަނޑުވާލުމަށް އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އަދި ހިޔާނާތުގެ ފައިސާގައި ދުވަހަކުވެސް ޖެހިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެފައި ވެއެވެ. އާޒިމާ ވިދާޅުވީ ދައުވާ އުފުލާފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުން ކަމަށެވެ.

އާޒިމާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލު ކަން ވެސް ކުރައްވާފައެވެ.

Advertisement

ޔާމީން ގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގައި ފުލުހުން ތުހުމަތު ކުރަނީ އާޒިމާ މަނީ ލޯންޑަރިން އަށް މަގުފަހި ކޮށްދީފައިވާ ކަމަށެވެ. އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ޔާމީންގެ ތަހުގީގުގައި ރައީސް ޔާމީންގެ ފަރާތުން ހަގީގަތާއި ޚިލާފު މައުލޫމާތުތަކެއް އާޒިމާ ދެއްވާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެމައްސަލައިގައި އާޒިމާ ވަނީ މީގެ ކުރިން ފުލުހުންގެ އިދާރާއަށް އަދި އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް