ކ. މާލެ
|
17 ޖުލައި 2019 | ބުދަ 14:01
ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ބޯޓްތަކުން ،ދޭތެރެ ދޭތެރެއިން އަންނަނީ މަސްވެރިކަން ކުރަމުން
ރާއްޖޭގެ ކަނޑުތަކުގައި ބޭރުގެ ބޯޓްތަކުން ،ދޭތެރެ ދޭތެރެއިން އަންނަނީ މަސްވެރިކަން ކުރަމުން
ފިޝަރީސް މިނިސްޓްރީ
މަޖިލިސް 2019
ރާއްޖޭގެ މަސް ކަނޑުތަކުގައި މަސްވެރިކަން ކުރުން މަނާ ކުރާ ގަރާރު މަޖިލީހަށް ބަލައިގެންފި
މި ގަރާރު މަޖިލިހަށް ބަލައިގެންފައިވަނީ 73 މެމްބަރުންގެ ތާއީދާއެކު
އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައި
ގަރާރު ހުށަހަޅާފައިވަނީ މަސްވެރިކަން ދަތިވެ މަހަށް ހަމަ އަގުލިބެމުން ނުދާތީ

ބޭރުގެ މަސްބޯޓް ފަހަރު ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން މަނާ ކުރުމާއި ގުޅޭ ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފިއެވެ.

މި ގަރާރު މަޖިލިހަށް ބަލައިގެންފައިވަނީ 73 މެމްބަރުންގެ ތާއީދާއެކުއެވެ. ގަރާރު މަޖިލީހަށް ބަލައިގެންފައިވާތީ، އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މި ޤަރާރު މަޖިލީހަށް ހުށަހަޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މިއީ ދިވެހި މަސްވެރިން ބާނާ ރީނދޫ އުރަހަ ކަންނެލި މަސް ކިރުމުގައި ދަތިތައް ކުރިމަތިވެ ހަމައަގު ލިބުމަށް ދަތިވާތީ ހުށަހަޅާފައިވާ ޤަރާރެކެވެ.

މި ޤަރާރުގައި ބުނެފައިވަނީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ރާއްޖެގެ އިގްތިސާދީ ސަރަހައްދުގައި ބިދޭސީން މަސްވެރިކަން ކުރުން ހުއްޓުވައި، ލޯބޮޑު ކަންނެލީގެ މަސްވެރިކަމާއި، އެބާވަތުގެ އެހެނިހެން މަސްވެރިކަމަށް ދިވެހި މަސްވެރިން ތަޢާރަފްކޮށް ތަމްރީން ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ލޯބޮޑު ކަންނެއްޔަކީ ނިސްބަތުން އަގުބޮޑު އެއްޗަކަށް ވީނަމަވެސް، އެބާވަތުގެ މަހަކީ ފުނުން ބާނާ މަހެއްކަމުން އަތުނަނު ބޭނުންކޮށްގެން މަސްބާނާ ބޯޓު ފަހަރަށް މި މަސްބޭނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަކީ ދިވެހި މަސްވެރިންގެ ތެރޭގައި އެހާ އާންމު މަސްވެރިކަމަކަށް ނުވާއިރު، މި ބާވަތުގެ ކަންނެލި ފަސޭހައިން ބޭނޭނީ ވަކި ކަހަލަ މަސްބޯޓެއްގައި ވަކި ކަހަލަ މެޝިނަރީ ބޭނުންކޮށްގެން ކަމަށް ވެފައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ދޯނި ފަހަރާއި ބޯޓުފަހަރުގައި މި އާއލާތްތައް ހަމަކޮށް މި ބާވަތުގެ މަސްވެރިކަމަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ޤަރާރުގައި ވެއެވެ.

ގަރާރުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކަކީ

1. ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ދީފައިވާ އެންމެހައި ހުއްދަތައް ބާތިލް ކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްވެސް ގައުމަކުން ބްލެކް ލިސްޓް ކުރެވިފައި ނުވާ އުޅަނދު ފަހަރު ކަމުގައި ކަނޑައެޅުން.

2. ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުހުންނަންޖެހޭނެ ސްޓެންޑާރޑްތަކާއި، އެ އޮޑިފަހަރުގައި ފަޅުވެރިންނަށް ކަންކަން ހުންނަން ޖެހޭނެ ސްޓެންޑަރޑްތައް ކަނޑައެޅުން

3. ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުން

- ކޮމެންޓް