ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މައުރަޒް " ފަންނު އެކްސްޕޯ 2019" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފަރާތުން ބާއްވާ މި އެކްސްޕޯގައި ބައިވެރި ވުމުގެ ސުންގަޑިއަކީ 30 ސްޕްޓެމްބަރު 2019 އެވެ.
މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދައްކާލުމަށާއި ވިއްކުމަށް އޮތް ފުރުސަތުތައް ފަހިވެގެންދާނެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ދިވެހި އުފެއްދުންތެރިން ހޯދައިފައިވާ ކުރިއެރުންތަކާއި ކާމިޔާބީ ތަކުގެ ތަޖްރިބާ ހިއްސާކުރުމާއި މާރކޭޓް ކުރުމަށާއި އައު ކަސްޓަމަރުން ހޯދުމަށް އޮތް ތަނަވަސް މާހައުލެއް މި އެކްސްޕޯއިން ފަހިގެން ދާނެއެވެ.
މައުރަޒްގައި ބައިވެރިވެވޭ ގިންތިތަކަށް ބަލާއިރު:
މަސްވެރިކަން، ކާބޯތަކެތި، އިމާރާތް ކުރުން ، މެޝިނަރީ އެންޑް އިކުއިޕްމަންޓްސް، ހަކަތަ، ލަކުޑީގެ މަސައްކަތް، އަތްތެރި މަސައްކަތް، ޖުވެލަރީ އެންޑް އެކްސަސަރީޒް، ދަތުރު ފަތުރު، ދަނޑުވެރިކަން، ބަހުގެ އުފެއްދުން، ކުރެހުމާއި ފަރުމާ ކުރުން، އިންފޮމޭޝަން އެންޑް ޓެކްނޮލިޖީ، ފެޝަން އެންޑް ޑިޒައިން ހިމެނެއެވެ.
ފަންނު އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުއެވެ.