Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 13:57
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
މަޖިލިސް
އައިލެންޑް އޭވިއޭޝަން
މަގާމުން ބަދަލުނުކުރެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ : ޔައުގޫބް
މިހެން ވިދާޅުވީ މުސާރަތައް ބޮޑު ކުރި ސަބަބަކަށް ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބަދަލު ނުކުރެވޭނެ ކަމަށް ބުނި ބުނުމަށް ގޮންޖައްސަވަމުން
އޮޑިޓް ރިޕޯޓަކުން އައިލެންޑްއޭވިއޭޝަން ގެ ބައެއް ވެރިންގެ މުސާރަތަށް ބޮޑު ކުރީ ގަވާއިދާ ޚިލާފަށްކަން އެނގޭ ކަމަށް ވިދާޅުވި
މުސާރަތައް އަލުން އަނބުރާ ހޯދުމަށް އަންގާފައިވާކަމަށް ވެސް ވިދާޅުވި

މަގާމުން ބަދަލުނުކުރެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ. މެމްބަރު ވިދާޅުވީ، މަގާމަކުން މީހަކު ބަދަލު ކުރުމަކީ އެއްވެސް އުނދަގުލެއް ނެތި ކުރެވޭނެ ކަމެއް ކަމަށެވެ.

Advertisement

ޔައުގޫބް މިހެން ވިދާޅުވީ، މުސާރަތަށް ބޮޑު ކުރި ސަބަބަކަށް ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބަދަލު ނުކުރެވޭނެ ކަމަށް ބުނި ބުނުމަށް ގޮންޖައްސަވަމުންނެވެ.

ސަބަބެއް ގޮތަށް މި ދައްކަނީ އެމީހުންގެ ރިޕްލޭސްމެންޓެއް ނުލިބޭނޭ. އަޅުގަނޑު ހަމަ ޗެލެންޖް ކޮށްފަ މި ދަންނަވަނީ އެތާގަ ނުހުންނާނެ އެއްވެސް މަގާމެއްގެ އެއްވެސް މީހަކު، އެއްވެސް ވެރިއަކު ރިޕްލޭސް ނުކުރެވޭނެ. އެއްވެސް އުނދަގުލެއްނޫން މިރާއްޖޭގެ އެވަރުގެ މަގާމުތަކަށް ރިޕްލޭސް ކުރަން..
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

މެމްބަރު މިިހެން ވިދާޅުވީ، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރ ޕްރައިޒެސް (އެސްއޯއީ) ކޮމިޓީން ބަލަމުން އަންނަ އައިލެންޑްއޭވިއޭޝަންގެ ޑިޕާޓްމެންޓްތަކުގެ ވެރިން ގެ މުސާރަތައް ގަވާއިދާ ޚިލާފަށް ބޮޑު ކުރި މައްސަލަ އަށް އިޝާރާތް ކުރައްވަމުންނެވެ.

އައިލެންޑްއޭވިއޭޝަން އިން ވަނީ ފިނޭންސް މނިނިސްޓްރީ އަށާއި ޕްރައިވަޓައިޒޭޝަން ބޯޑަށާއި މަޖިލީހަށް މުޅިން ދޮގު މައުލޫމާތު ދީ އޮޅުވާފައިކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީއިން ހެދި އޮޑިޓް ރިޕޯޓަކުން އައިލެންޑްއޭވިއޭޝަން ގެ ބައެއް ވެރިންގެ މުސާރަތައް ބޮޑު ކުރީ ގަވާއިދާ ޚިލާފަށްކަން އެނގޭ ކަމަށާ އަދި ގަވާއިދާއި ޚިލާފަށް ބޮޑު ކޮށްފައިވާ މުސާރަތައް އަލުން އަނބުރާ ހޯދުމަށް އަންގާފައިވާކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ.

އައިލެންޑްއޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ގެ މުސާރަ ގާވާއިދާ ޚިލާފަށް ބޮޑު ކުރި ކަމުގެ ވާހަކަތަކެއް މީސްމީޑިއާގައި ފެތުރުމާއެކު އައިލެންޑްއޭވިއޭޝަން އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އެ ކުންފުނިން އެސްއޯއީ ކޮމިޓީއަށް ފޮނުއްވި ސިޓީއެއްގައި އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ބޮޑު ނުކުރި ނަމަވެސް، ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ އިސްވެރިންގެ މުސާރަތައް ބޮޑު ކުރިކަމަށްވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ޖުލައި 2019 | ބުދަ 17:37
ތިމަންނަ
ކޮންމެ މީހަކުވެސް ބަލަނީ އަތުޖެހުނީމާ "ފެލާލަން" ހައްގެއް ނުހައްގެއް ، ހަރާމެއް ހަލާލެއް ބެލުމެއް ނޯވެ...