Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 13:30
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(ކ)،  ފަނޑިޔާރު އަބްދުﷲ އަރީފް(މ) ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވ)
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ(ކ)، ފަނޑިޔާރު އަބްދުﷲ އަރީފް(މ) ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ (ވ)
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ފެބްރުއަރީ 1 ގެ އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބަޔާން ނަގައިފި
އެ މައްސަލަ ބަލަނީ ޖޭއެސްސީގެ ހަތް މެމްބަރުން ހިމެނޭ ޚާއްސަ ތަހުގީގު ކޮމެޓީއަކުން
ފެބްރުއަރީ 1 ގެ އަމުރު ބާތިލް ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު

މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބަޔާން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނަގައިފިއެވެ.

ޖޭއެސްސީއިން ބުނީ އެ ކޮމިޝަނުން ނަގާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާން ކަމަށެވެ.

Advertisement

ޖޭއެސްސީއިން ބަޔާން ނެގި ތިން ފަނޑިޔާރުންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އޭރު ހައްޔަރު ކޮށްފައިވާ ނުވަ ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް އަމުރު ކުރުމަށްފަހު އެ އަމުރުގެ ބައެއް ބައިތަށް ބާތިލް ކުރަން ނިންމި ތިން ފަނޑިޔާރުންނެވެ. ފެބްރުއަރީ 1 ގެ އަމުރު ބާތިލް ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ. އަމުރު ބާތިލް ކުރި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އާދަމް މުހައްމަދެވެ.

ތިން ފަނޑިޔާރުންގެ ބަޔާން ނަގާފައިވާއިރު އެ މައްސަލަ ބަލަނީ ޖޭއެސްސީގެ ޚާއްސަ ތަހުގީގު ކޮމެޓީއަކުންނެވެ. ތަހުގީގު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަނުގެ މެންބަރު އަބްދުއްރައޫފު އިބްރާހިމްގެ އިތުރުން މެންބަރު މުހައްމަދު އީސާފުޅާއި އަލީ ޝަމީމް އަދި މެންބަރު އިބްރާހިމް ރިފްއަތުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް