ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ އާއި ގުޅޭ ގޮތުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ސިއްރު ކޮށްފިއެވެ.
ބުދަ ދުވަހު ބާއްވާ މިކޮމިޓީގެ އެޖެންޑާގައި ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، މޯލްޑިވްސް އިމިގްރޭޝަން އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން "ސާކް ވިޝަން 2030" މި ކަރުދާހަށް ކޮމިޓީން އެއްވެސް އިސްލާހެއް ނުވަތަ ކޮމެންޓެއް އޮތްތޯ ބެއްލެވުމަށް ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުން ކޮމިޓީގެ އެޖެންޑާގައި ވެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެ މީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައިގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.