Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 11:43
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓުން ހިތްހަމަނުޖެހުން ފާޅުކޮށް ރައީސަށް ސިޓީއެއް ފޮނުއްވައިފި
ސިޓީގައި ބޭނުންކޮށްފައިވާ އިބާރާތްތަކުން މުއައްސަސާތަކަށް ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުން ބާރު ފޯރުވާ މިންވަރު އެނގިގެންދާ ކަމަށް ވިދާޅުވި
މިހެން ވިދާޅުވީ ރައީސް ޔާމީން ގެ ސަރުކާރުގައި ހިއުމަން ރައިޓްސް ކޮމިޝަން ގެ ބާރުތައް ނިގުޅައިގަތުމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް އަލި އަޅުވާލަމުން
ޑިމޮކްރަސީއަށް އިހުތިރާމް ނުކުރާ ދައުލަތެއް ކަމަށް ބުނޭ

ޖުޑީޝަލް ސާރވިސް ކޮމިޝަން ގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ބަދަލުކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސިޓީއެއް ފޮނުވާފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބުދަ ދުވަހުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

Advertisement

ސިޓީ އަށް އިޝާރާތް ކުރައްވަމުން މެމްބަރު ވިދާޅުވީ، މަޖިލީހުގައި މިވަގުތު ހިނގަމުންދާ ބިލަކާއި މެދު މަޖިލީހަށް ބާރާއި ނުފޫޒު ފޯރުވުމުގެ މަސައްކަތްތައް ކުރެވެމުންދާ މިންވަރު އެނގިގެންދާ ކަމަށެވެ.

... ޖުޑިޝަލް ސާރވިސް ކޮމިޝަން ގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ އެއީ، ޣައިރު ދުސްތޫރީ އަދި ބައިންއަގުވާމީ މިންގަނޑުތަކާއި ތަހުޒީބީ ދުނިޔޭގެ އުސޫލްތަކާއި ވެސް ޚިލާފު އަދި އޭގެ ސަބަބުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރު ބަނދެވިގެންދާ ހިލިހިލާއެއް ކަމަށް.... އިނގޭތޯ.. އުޑުބޮލަށް ބެއްޓޭވަރު ކަމަކަށް މިވަނީ ޖުޑިޝަލް ސާރވިސް ކޮމިޝަން ގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ. ހަމައެއާއެކު މި ސިޓީގައި ބަޔާން ކޮށްފައިވަނީ އާލަމީ މަބްދައުތަކާއި . އިނގޭތޯ . އާލަމީ މަބްދައުތަކާއި ހެޔޮ ޑިމޮކްރަސީއަށް އިހުތިރާމު ނުކުރާ ދައުލަތެއް ކަމަށް ބެލެވި، ގައުމުގެ ޝަރާފާއި އަބުރަށް ވެސް އުނިކަމާއި ނިކަމެތިކަން ލިބިގެންދާނެ ކަމެއް ކަމަށް ވަނީ
އިމްތިޔާޒް ފަހުމީ

މި ސިޓީގައި ބޭނުންކޮށްފައިވާ އިބާރާތްތަކުން މުއައްސަސާތަކަށް ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުން ބާރު ފޯރުވާ މިންވަރު އެނގިގެންދާ ކަމަށާއި މިފަދަ ކަމަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ވެސް އިމްތިޔާޒް ފާހަގަ ކުރެއްވިއެވެ. ކޯޓުތައް ހެދުމުގެ ގާނޫނާއި ބަޖެޓު ވެސް ދެނީ މަޖިލީހުން ކަމަށް ވުމުން މަޖިލީހުގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރު ވަނީ ކުށްވެރި ކުރައްވާފައެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ ރައީސް ޔާމީން ގެ ސަރުކާރުގައި ހިއުމަން ރައިޓްސް ކޮމިޝަން ގެ ބާރުތައް ނިގުޅައިގަތުމަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަށް އަލި އަޅުވާލަމުންނެވެ. މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވީ، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ރާއްޖޭގެ ކޯޓުތަކާއި ބެހޭ ބިލަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް ދިރާސާކޮށް ހުށަހަޅާފައިވާ ރިޕޯޓާއި ބެހޭގޮތުންނެވެ.

އިމްތިޔާޒް ފަހުމީއަކީ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ މުގައްރިރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް