Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 00:03
މިނިސްޓަރ ޝާހިދު އާއި މަހުލޫފް ކޮމޮރޮސްގެ ރައީސް އަޒާލީ އައްސުމާނީއާ (ކ2) އެކު
މިނިސްޓަރ ޝާހިދު އާއި މަހުލޫފް ކޮމޮރޮސްގެ ރައީސް އަޒާލީ އައްސުމާނީއާ (ކ2) އެކު
ހާރިޖީ ވުޒާރާ
އައިއޯއައިޖީ 2023
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮމޮރޮސް ގެ ރައީސްއާ ބައްދަލުކުރައްވައިފި
ކޮމޮރޮސްގެ ރައީސްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްްސަ ސިޓީފުޅެއް އެރުވި
އެގައުމުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާފައިވޭ
މިއީ 2023 ގެ އައިއޯޖީ ރާއްޖޭގައި ބޭއްވުމަށް ތާއީދުހޯއްދެވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅު

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ކޮމޮރޮސްގެ ރައީސް ހިޒް އެކްސެލެންސީ އަޒާލީ އައްސައުމާނީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ކޮމޮރޮސްގެ ރައީސް އަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. އަންގާރަ ދުވަހު އޮތް މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަލްފާޟިލް އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ކޮމޮރޮސްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކޮމޮރޮސް ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން މުޙައްމަދް އެލް-އަލްމިން ސޫއެފް އަދި ކޮމޮރޮސް ގެ މިނިސްޓަރ އޮފް ޔޫތް، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް، ލަޑެންޓި ހޫމަޑީއާ ވަނީ ބައްދަލުކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ކޮމޮރޮސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް