Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 08:59
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝަހީމް ވާހަކަ ދައްކަވަނީ
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝަހީމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މަސްވެރިކަން
މަސްވެރިން ނިކަމެތިވާ ކޮންމެ ފަހަރަކު އެމްޑީޕީން އެހީތެރިވޭ
ޝަހީމް ވިދާޅުވީ ހަގީގަތުގައި މުޅި ރާއްޖޭގައި ތިބި ހުރިހާ މަސްވެރިންނަކީ އެމްޑީޕީ މީހުން ކަމަށް
މަސްވެރިންނަށް ނިކަމެތި ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެމްޑީޕީން އެމީހުން ނަގާ ކޮޅަށް ޖަހާ
މަސްވެރިން އެމްޑީޕީއަށް ސޮއިކޮށްފައިވަނީ އެމީހުންގެ ހައްގުގައި އެ ޕާޓީން އަބަދުވެސް ތެދުވާތީ

މަސްވެރިން ނިކަމެތިވާ ކޮންމެ ފަހަރަކު އެމްޑީޕީން އެހީތެރިވެދޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބި ހުރިހާ މަސްވެރިންނަކީވެސް އެމްޑީޕީ މީހުން ކަމަށާ އެމީހުންނަށް ނިކަމެތި ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެޕާޓީން އެމީހުން ނަގާ ކޮޅަށް ޖަހާދޭ ކަމަށެވެ.

Advertisement

ޝަހީމް ވިދާޅުވީ، ގިނަ އަދަދެއްގެ މަސްވެރިން އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ އެމްޑީޕީން އެމީހުންގެ ހައްގުގައި އަބަދު ވެސް ތެދުވާތީ ކަމަށެވެ.

އެމީހުން އެމްޑީޕީއަށް ވަނީ އެމްޑީޕީން އެމީހުންގެ ހައްގުގައި އަބަދުވެސް ތެދުވާތީ، އެމީހުންނަށް ނިކަމެތި ކަމެއްވާ ކޮންމެ ފަހަރަކު އެމީހުން ނަގާ ކޮޅަށް ޖަހާދޭތީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މަސްވެރިންނަކީ އެމްޑީޕީ މީހުން
ް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

މީގެ އިތުރުން، ރާއްޖޭގައި މަސްވެރިކަން ކުރިނާރާ އޮތީ ކުރީގެ ސަރުކާރުތަކުން އެކަމަށް ބޭނުންވާ ކަންކަން ރަނގަޅަށް ކޮށްދީފައި ނުވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން، ބޭންކް ތަކުން ވެސް ފައިނޭންސް ކޮށް އުޅުނީ ޓޫރިޒަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޓޫރިޒަމް އިން ރާއްޖެއަށް ފައިދާއެއް ލިބެންދެން ރާއްޖެ ހިފަހައްޓާލީ މަސްވެރިންގެ މަސައްކަތުން ކަމުގައިވެސް ޝަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް ބޭނުންވާ ޓެކްނިކަލް އެކްސްޕާޓައިސްއާ އެކީ، އެމީހުން ހޭލުންތެރި ކުރުވައިގެން އެކަމަށް ތައްޔާރު ކުރުމުން ރާއްޖޭގައި މަސްވެރިކަން ކުރިއަރާނެ ކަމަށާ ރާއްޖޭގެ މަސްވެރިކަން އެހެން ހަރުފަތަކަށް ދިއުމަށް ސަރުކާރުން ބޮޑު ދައުރެއް އަދާ ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 ޖުލައި 2019 | އަންގާރަ 09:25
އިރޫ
އެހެންވެ އިބޫއަށް މަހުގެ ހަމައަގު ބުނަންނުކެރުނީ އަމައޭކިޔަަަ