Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 22:27
ހަސީން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު
ހަސީން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު
ހައްވާ މުހައްމަދު
އަބްދުﷲ ހަސީން
ހަސީން ލޭބަރ ޕާޓީން އިސްތިއުފާ ދެއްވައިފި
ވަކި ސަބަބެއް ހާމަ ނުކުރޭ
ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި
މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލި

ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން އުފައްދާފައިވާ މޯލްޑިވްސް މޯލްޑިވްސް ލޭބަރ އެންޑް ޝޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމުގައި އިސްރޯލެއް އަދާކުރެއްވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.

ހަސީންގެ އިސްތިއުފާގެ ސިޓީ ރާއްޖެ.އެމްވީ އަށް ވަނީ ލިބިފައެވެ. އެ ސީޓީގައި ހަސީން ވިދާޅުވީ، ޕާޓީގެ ސެކްރަޓަރީ ޖެނެރަލްކަމުގެ މަގާމާއި ލީޑަރޝިޕް އަދި ކޮމެޓީގެ މެންބަރު ކަމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ. އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމާއެއް ނުކުރެއެވެ.

ހަސީން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިސްތިއުފާ ދެއްވި ސަބަބު ފަހުން ހާމަކުރައްވާން ކަމަށެވެ.

Advertisement

ހަސީން ލޭބާރ ޕާޓީން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ވަނީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމުގައި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލާފައެވެ. ރިސޯޓުތަކުގެ މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ހައްގުގައި ވެސް އޭނާ ވަނީ ވަކާލާތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
16 ޖުލައި 2019 | އަންގާރަ 08:23
ޢަލީ
ޙިތުގެ އަޑިން އެކަން ޤަބޫލުކޮށްގެންނެއް ނޫން ކަންކަމަށް ނިކުންނަނީ. ތިމާގެ މަޝްހޫރުކަން ހޯދުން. މަދަނީ ޖަމްޢިއްޔާތަކޭ ކިޔައިގެންވެސް ބަޔަކު އުޅުނު. މަސައްކަތްތެރިންގެ އިހްސާސްތައް ދަންން ބަޔަކު މިކަމަށް ނިކުންނަންޖެހޭ.