Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 19:06
ދިވެހިންތަކެއް ހައްޖުގެ އަޅުމަކަށް ފުރަނީ
ދިވެހިންތަކެއް ހައްޖުގެ އަޅުމަކަށް ފުރަނީ
އަވަސް
ޕެންޝަން ފަންޑު
ޕެންޝަން ފަންޑުން ހަރަދުކޮށްގެން ތިރީސް ހާސް މީހުންނަށް ހައްޖަށް ދެވޭނެ
ޕެންޝަން ފަންޑަކީ އޭގެ ޒާތުގައި ބޮޑު ފަންޑެއް

ޕެންޝަން ފަންޑުގެ ފައިސާ ހަރަދުކޮށްގެން 10 އަހަރުގެ ތެރޭގައި ތިރީސް ހާސް މީހުންނަށް ހައްޖަށް ދެވޭނެ ކަމަށް ޕެޝަން އޮފީހުން ބުނެފިއެވެ.

ހައްޖަށް ގެންދިޔުމަށް ސަރުކާރުން ކަނޑައަޅާ އަގުގެ 80 އިންސައްތަ ފައިސާ ޕެންޝަން ފަންޑުން ދޫކުރުމަށް ޕެންޝަނާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަށް ޚިޔާލު ހޯދުމަށް އެ އޮފީހުގެ އިސްވެރިން ހޯމަ ދުވަހު އިޖުތިމާޢީ ކޮމިޓީއަށް ހާޒިރުކުރުމުން ބުނީ މީގެ ދިހަ އަހަރު ކުރިން ޕެންޝަނާ ބެހޭ ޤާނޫނެއް އެކުލަވާލީ އުމުރުން ދުވަސްވުމުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު ނުވާނެހެން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށާއި ޕެންޝަން ފަންޑަކީ އޭގެ ޒާތުގައި ބޮޑު ފަންޑެއް ކަމަށެވެ.

Advertisement

އެ ފަންޑުން ޚަރަދުކޮށްގެން ޙައްޖަށް ދެވޭ ގޮތަށް ސަރުކާރުގެ ވައުދު ފުއްދުމަށް ހަމަޖެއްސުމަކީ މައްސަލައެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރުމުން ޕެންޝަން ފަންޑުގެ ހަޤީޤީ މަޤްސަދު ގެއްލޭ ކަމަށް ޕެންޝަން އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޕެންޝަން ފަންޑުން ހައްޖަށް ފައިސާ ދޫކުރުމުގައި މިހާރު އަމަލުކުރާ އުސޫލުގައިވާ ގޮތުން ޙައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރާނީ އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށެވެ. އަދި ޕެންޝަން ސްކީމުން ޙައްޖަށް ދިއުމަށް ބޭނުންވާ އަދަދަށް ފައިސާ ހުރީ 6000 މީހުންގެ އެކައުންޓްގައިކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް