Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 16:51
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
އެސްއޯއީ
ޕީސީބީގެ މައްސޫލިއްޔަތު އަދާކުރިތޯ ނުވަތަ ނޫންތޯ ބަޔާން ކުރެވިދާނެ ކަމަށް ނުދެކެން : ފިނޭންސް މިނިސްޓްރީ
މިނިސްޓްރީއިން މިހެން ބުނެފައިވަނީ ޕީސީބީ އަކީ އަމިއްލަ ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ކުންފުންޏަކަށް ވުމުން
ފީސީބީގެ މައްސޫލިއްޔަތު އަދާ ނުކުރެވެންވީ އެއްވެސް ސަބަބެއް މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ނުވޭ
ޕީސީބީއިން މިނިސްޓްރީގެ ސަމާލުކަމަށް އެއްވެސް މައްސަލައެއް ގެނެސްފައިނުވޭ: ފިނޭންސް

ޕްރައިވެޓައިޒޭޝަން ކޯޕަރައިޒޭޝަނަލް ބޯޑް (ޕީސީބީ) ގެ މައްސޫލިއްޔަތު އަދާކުރޭތޯ ނުވަތަ ނޫންކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީއަށް އެރުވިދާނެކަމަށް ނުދެކޭކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

މިނިސްޓްރީއިން މިހެން ބުނެފައިވަނީ ޕީސީބީ އަކީ އަމިއްލަ ގާނޫނީ ހައިސިއްޔަތެއް ލިބިފައިވާ ކުންފުންޏަކަށް ވުމުންނެވެ. ފިނޭންސް މިނިސްޓްރީއިން އިން މިހެން ބަޔާން ކޮށްފައިވަނީ ގާނޫނު ހަދާ މަޖީލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒެސް ކޮމިޓީ (އެސްއޯއީ) އަށް ޕީސީބީގެ ޒިންމާ އަދާ ކުރުމާ ބެހޭ ގޮތުން ފޮނުވާފައިވާ ސިޓީއެއްގައެވެ.

ނަމަވެސް ފީސީބީގެ މައްސޫލިއްޔަތު އަދާ ނުކުރެވެންވީ އެއްވެސް ސަބަބެއް މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ނުވާކަމަށް ވެސް ސިޓީގައި ވެއެވެ. އަދީ ޕީސީބީއިން މިނިސްޓްރީގެ ސަމާލުކަމަށް އެއްވެސް މައްސަލައެއް ގެނެސްފައިނުވާ ކަމަށް ވެސް ސިޓީގައި ވެއެވެ. މިނިސްޓްރީއިން ޕީސީބީ އަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދީފައިވާ ކަމަށާއި ޒިންމާތައް އަދާ ކުރުމަށް ހުރިހާ މަގެއް ފަހިކޮށްދީފައި ވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ބުނެފައިވެއެވެ.

Advertisement

ނަމަވެސް ޕީސީބީއިން އެސްއޯއީ ކޮމެޓީއަށް ފޮނުވި ސިޓީގައި ވަނީ އޮޑިޓް ރިޕޯޓްގައި ޕީސީބީ އަށް މަތިވެފައިވާ ޒިންމާތަށް އަދާ ކުރުމަށް ދަތި ވަނީ ފިނޭންސް މިނިސްޓްރީގެ ފަރާތުން ބޯޑަށް ލިބެންޖެހޭ ބަޖެޓު ލިބިފައިވާ ނުވުމުން ކަމަށް ހާމަކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީއަށް މި މައްސަލަތަކާއި ބެހޭގޮތުން އަންގާފައިވާނެ ކަމަށްވެސް އެ ސިޓީގައި ވެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ މެމްބަރުން އައްޔަނުކޮށްފައިވަނީ ޤާނޫނުގައި އެގޮތަށް ނަމަވެސް 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު، ބޯޑު މެމްބަރުން އައްޔަނު ކުރެއްވުމަށްފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައެއްނުވެއެވެ. 4 އަހަރުގެ ދައުރެއް ހަމަވެ، ދެވަނަ ފަހަރަށް ބޯޑު ގެ މެމްބަރުން އެކުލަވާލެވުނު ނަމަވެސް ބޯޑަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ އެއްވެސް ޒިންމާއެއް އަދާ ނުކުރެވޭ ކަމަށް އޮޑިޓާރ ޖެނެރަލް ގެ ރިޕޯޓުގައި ވެއެވެ.

ހޯމަ ދުވަހުގެ އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުން ނިންމަވާފައިވަނީ އެ ބޯޑާއި ބެހޭގޮތުން ރިޕޯޓެއް ހަދާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް