Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 15:38
ކަނޑުހުޅުދޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވަނީ
ކަނޑުހުޅުދޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ގއ.ކަނޑުހުޅުދޫ
ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ކަނޑުހުޅުދޫ ކައުންސިލަރުންނާއި ރައީސް މަޝްވަރާކުރައްވައިފި
ރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް އާ ވަނީ ހިއްސާކުަރައްވާފައި
ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ރައީސް ޙިއްޞާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ގއ. ކަނޑުހުޅުދޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޯމަ ދުވަހު ހެނދުނު ބޭއްވެވި މި ބައްދަލުވުމުގައި ކަނޑުހުޅުދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސް އާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މަޝްރޫޢާ، ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހޯދުމާއި، ރަށުގެ ދަތުރުދާ ސަރަޙައްދަށްދާން އޮންނަ މަގު ތަރައްޤީކުރުމާއި، ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ކުޅިވަރު ކުޅޭ ދަނޑު ތަރައްޤީކުރުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކަނޑުހުޅުދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ.

Advertisement

އޭގެއިތުރުން ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް