Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 15:04
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
މަޖިލިސް
ރާއްޖޭގެ މަސްވެރިކަން
ބޭރުގެ މަސްބޯޓުފަހަރު ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ޤަރާރެއް ހުށަހަޅައިފި
މަހަށް ހަމައަގު ލިބުން ދަތިވާކަން ވަނީ ފާހަގަ ކޮށްފައި
މަސް ކިރުމުގައި ދަތިތައް ކުރިމަތިވާކަން ވަނީ ފާހަގަ ކޮށްފައި

ބޭރުގެ މަސްބޯޓުފަހަރު ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި އެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މިއީ ދިވެހި މަސްވެރިން ބާނާ ރީނދޫ އުރަހަ ކަންނެލި މަސް ކިރުމުގައި ދަތިތައް ކުރިމަތިވެ ހަމައަގު ލިބުމަށް ދަތިވާތީ ހުށަހަޅާފައިވާ ޤަރާރެކެވެ.

މި ޤަރާރުގައި ބުނެފައިވަނީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ރާއްޖެގެ އިގްތިސާދީ ސަރަހައްދުގައި ބިދޭސީން މަސްވެރިކަން ކުރުން ހުއްޓުވައި، ލޯބޮޑު ކަންނެލީގެ މަސްވެރިކަމާއި، އެބާވަތުގެ އެހެނިހެން މަސްވެރިކަމަށް ދިވެހި މަސްވެރިން ތަޢާރަފްކޮށް ތަމްރީން ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ލޯބޮޑު ކަންނެއްޔަކީ ނިސްބަތުން އަގުބޮޑު އެއްޗަކަށް ވީނަމަވެސް، އެބާވަތުގެ މަހަކީ ފުނުން ބާނާ މަހެއްކަމުން އަތުނަނު ބޭނުންކޮށްގެން މަސްބާނާ ބޯޓު ފަހަރަށް މި މަސްބޭނުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަކީ ދިވެހި މަސްވެރިންގެ ތެރޭގައި އެހާ އާންމު މަސްވެރިކަމަކަށް ނުވާއިރު، މި ބާވަތުގެ ކަންނެލި ފަސޭހައިން ބޭނޭނީ ވަކި ކަހަލަ މަސްބޯޓެއްގައި ވަކި ކަހަލަ މެޝިނަރީ ބޭނުންކޮށްގެން ކަމަށް ވެފައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ދޯނި ފަހަރާއި ބޯޓުފަހަރުގައި މި އާއލާތްތައް ހަމަކޮށް މި ބާވަތުގެ މަސްވެރިކަމަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ޤަރާރުގައި ވެއެވެ.

Advertisement

ގަރާރުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތަކަކީ

1. ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ދީފައިވާ އެންމެހައި ހުއްދަތައް ބާތިލް ކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އެއްވެސް ގައުމަކުން ބްލެކް ލިސްޓް ކުރެވިފައި ނުވާ އުޅަނދު ފަހަރު ކަމުގައި ކަނޑައެޅުން.

2. ދިވެހި ކަނޑުތަކުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރުހުންނަންޖެހޭނެ ސްޓެންޑާރޑްތަކާއި، އެ އޮޑިފަހަރުގައި ފަޅުވެރިންނަށް ކަންކަން ހުންނަން ޖެހޭނެ ސްޓެންޑަރޑްތައް ކަނޑައެޅުން

3. ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުން

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް