ކ. މާލެ
|
1 ޖުލައި 2019 | ހޯމަ 18:27
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
އެމްޓީޑީސީ
އެމްޓީޑީސީގެ ހިއްސާގެ ފައިދާ ނުބަހާތާ 9 އަހަރު!
 
ޖަލްސާއަށް ޕްރޮކްސީއާއެކު ހާޒިރުވީ ޖުމްލަ 1251 ހިއްސާދާރުން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހަތާ 9 އަހަރުވެއްޖެއެވެ. އެ ކުންފުނިން އެންމެ ފަހުން ހިއްސާގެ ފައިދާ ބަހާފައިވަނީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރުއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ނުބަހަން ނިންމާފައިވީ ނަމަވެސް މި އަހަރުގެ ފަހުކޮޅު އިންޓަރިމް ޑިވިޑެންޓް ބަހަން މަސައްކަތްކުރާ ކަމަށާއި އަންނަ އަހަރު ހިއްސާގެ ފައިދާ ބެހުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެމްޓީޑީސީ އިން އިތުރަށް ބުނީ މިހާރު ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. ޖަލްސާއަށް ޕްރޮކްސީއާއެކު ހާޒިރުވީ ޖުމްލަ 1251 ހިއްސާދާރުންނެވެ.

އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިދާރީ ޚަރަދުގެ ގޮތުގައި 2017 ވަނަ އަހަރު 83.2 މިލިއަން އެމެރިކާ ޑޮލަރު ރެކޯޑުކުރެވިފައިވާއިރު، 2018 ވަނަ އަހަރު މި އަދަދު ވަނީ 87.0 މިލިއަނަށް ދަށްވެފައެވެ. މިއީ 70 އިންސައްތަ ގެ ދަށްވުމެކެވެ. 2017 ވަނަ އަހަރު އިދާރީ ޚަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ބޮޑުބަޔަކީ ނާގޮށިގެ ހަމަ އަގު 2016 ވަނަ އަހަރަށްވުރެއް 2017 ވަނަ އަހަރު ދަށްވެފައިވުމުގެ ސަބަބުން ގެއްލުމުގެ ގޮތުގައި 6.1 މިލިއަން އެމެރިކާ ޑޮލަރު ގެއްލުމުގެ ގޮތުގައި ހިމަނާފައި ވުމުގެ ސަބަބުންނެވެ. 2017 ވަނަ އަހަރެކޭ އެއްފަދައިން 2018 ވަނަ އަހަރުވެސް ފައިސާ ހޯދުމަށް އެއްވެސް ޚަރަދެއް ކުރެވިފައި ނުވާއިރު، އިންޓަރެސްޓުގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއްނުވެއެވެ. ޖުމުލަ ގޮތެއްގައި 2017 ވަނަ އަހަރު ކުންފުންޏަށް ޓެކުހުގެ ކުރިން ލިބުނީ 65 ހާސް އެމެރިކާ ޑޮލަރުނަމަވެސް މިއަދަދު 2018 ވަނަ އަހަރުވަނީ 80.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.58 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ 2017 ވަނަ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 3.2 ޕަސެންޓް އިތުރު އަދަދެކެވެ. އެކުންފުންޏަށް 2017 ވަނަ އަހަރު ލިބުނީ 4.43 މިލިޔަން ޑޮލަރެވެ.

2019 ވަނަ އަހަރު ސަރުކާރުން ވަނީ ކުންފުނީގެ ބޯޑަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކުންފުނީގެ ޗެއަރމަނަކަށް އަބްދުالله ފާއިޒް ހަމަޖައްސާފައިވާއިރު މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ތަޒްމީލް އަބްދުއް ސަމަދުއެވެ. އަދި ސަރުކާރުގެ ފަރާތުން ކުންފުނީގެ ނޮން އެގްޒެކެޓިވް/ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހަންމަދު ޖަނާހް އާއި މުހަންމަދު ފާތިހުއެވެ. ހިއްސާދާރުންގެ މެދުގައި ނެގި ވޯޓުން ކުންފުނީގެ ބޯޑަށް ހޮވިވަޑައިގެންނެވީ އަހްމަދު ނިޔާޒް، އާރިފް އަބްދުއް ސަމަދު، އިބްރާހީމް ލަތީފް، އައިޝަތު ފަޒީނާ، އަސަމީ ރުޝްދީއެވެ.

ޖަލްސާގެ ތެރެއިން ކުންފުނީގެ ޔައުމިއްޔާ ފާސްކުރުމާއި 2018 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކޮށްފައިވެއެވެ. އަދި ކުންފުނީގެ އިންޓަރނަލް އޮޑިޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޭޕީއެމްޖީއެވެ.

އެމްޓީޑީސީން އަމިއްލަ އަށް ހިންގާ އެއްވެސް ރިސޯޓެއް މިވަގުތަކު ނެތެވެ. އެ ކުންފުންޏަށް ލިބިފައިވާ ދެ ރަށް ހިންގަނީ ބޭރުގެ ކުންފުނިތަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
10%
0%
0%
90%
0%
0%
ކޮމެންޓް