ކ. މާލެ
|
30 ޖޫން 2019 | އާދީއްތަ 12:15
ހިއްސާ ވިއްކުމާ ބެހޭ ގޮތުން އެމްއައިބީ އިން މައުލޫމާތު ދެއްވަނީ
ހިއްސާ ވިއްކުމާ ބެހޭ ގޮތުން އެމްއައިބީ އިން މައުލޫމާތު ދެއްވަނީ
އެޑްމިން
އެމްއައިބީ
އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން އިއުލާން ކޮށްފި
 
ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލް އަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު
 
ހިއްސާއެއް ވިއްކަނީ 35 ރުފިޔާއަށް ކަމަށް ވީނަމަވެސް ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ނެގޭނީ 700 ރުފިޔާ ގެ 20 ހިއްސާ
 
އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކުމަށް ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން، އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށްފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާއެވެ.

ހިއްސާގެ ތެރޭގައި ހިމެނެނީ، މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ ( 157 މިލިއަން ރުފިޔާގެ ހިއްސާ) ގެ އިތުރުން އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 ހިއްސާ ކަމަށް އިސްލާމިކް ބޭންކުގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން ވިދާޅުވިއެވެ.

އިހްތިޝާމް ވިދާޅުވީ އެއީ ބޭންކުގެ ޖުމްލަ ހިއްސާއިން ބަލާއިރު 31 އިންސައްތަ ހިއްސާ ކަމަށެވެ.

މި އައިޕީޔޯގައި އެމްއައިބީ ގެ ހިއްސާއެއް ވިއްކަނީ 35 ރުފިޔާއަށް ކަމަށާ ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ނެގޭނީ (700 ރ ގެ 20 ހިއްސާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ މި އަދަދު 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރުކުރެވޭނެ ކަމަށް ވެސް އިހްތިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާ ވިދާޅުވީ އެމްއައިބީގެ ހިއްސާދާރަކަށް ދިވެހިން ވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

ދިވެހި ރައްޔިތުންނަށް އެމްއައިބީގެ ހިއްސާދާރަކަށްވުމަށް ދައުވަތު އެރުވުމަކީ ލިބޭ ޝަރަފެއް، މި ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެދެން
އިސްލާމިކް ބޭންކުގެ ސީއީއޯ އަބުލް އިހްތިޝާމް އަބްދުލް މުހައިމިން

ހިއްސާ ވިއްކަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލް އަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށާ އެކަން ކުރިއަށްދާނީ ޝާހް ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން، އޮޑިޓް ފަރމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ އައްޔަން ކޮށްގެންނެވެ.

މި އައިޕީޔޯ ފަރުމާ ކޮށްފައިވަނީ އާންމުންގެ ބައިވެރިވުން ބޮޑުވާނެ ގޮތްތަކަށް ބެލުމަށް ފަހު މަދުވެގެން ގަނެވޭނެ ހިއްސާގެ އަގު އާންމުންނަށް ބަލައިގަނެވޭނެ ފަދަ އަގުތަކެއްގައި ކަމަށް އިހްތިޝާމް ވިދާޅުވިއެވެ.

ހިއްސާ ގަތުމުގެ މަރުހަލާގައި ވެސް ވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފަ ކަމަށާ ދުނިޔޭގެ ކޮންމެތާކު ހުރި ނަމަވެސް އިންފިނިޓީ ޕޯރޓަލް މެދުވެރިކޮށް ވަރަށް ފަސޭހައިން ހިއްސާ ގަނެ ފައިސާދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
4%
78%
4%
0%
4%
9%
ކޮމެންޓް