ކ. މާލެ
|
28 ޖޫން 2019 | ހުކުރު 17:45
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މުހައްމަދު ޝަރުހާން
ގްރީން ޓެކްސް
މޭ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.6 މިލިއަން ރުފިޔާ ލިބިއްޖެ
 
ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރު

މޭ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން މި އަހަރުގެ މޭ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ ހަތްދިހަ ހަތް މިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްދޮޅަސް ފަސް ރުފިޔާ ވަނީ ލިބިފައެވެ. މިއީ މި އަހަރުގެ އޭޕްރީލް މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އަށްޑިހަ ތިން މިލިއަން ހަ ލައްކަ ފަސްހާސް ހަތަރު ސަތޭކަ ފަންސާސް ހަ ރުފިޔާއާ އަޅާބަލާއިރު ހަތް އިންސައްތަށް ދަށް އަދަދެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި އެއް އަތޮޅަކުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ކ. އަތޮޅުންނެވެ. އެއީ 28.8 މިލިއަން ރުފިޔާއެވެ. ގްރީން ޓެކްސްގެ ގޮތުގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް އާމްދަނީ އދ. އަތޮޅުން ލިބިފައިވާއިރު އެއީ 10 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ އއ. އަތޮޅުންނެވެ. އެއީ 5.8 މިލިއަން ރުފިޔާއެވެ.

ޓޫރިސްޓުން ބައިތިއްބާ ތަންތަނުގެ ތެރެއިން ރިސޯޓްތަކުން މޭމަހު ގްރީން ޓެކްސްގެ ގޮތުގައި 70.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހޮޓާތަކުން 1.6 މިލިއަން ރުފިޔާ އަދި ގެސްޓް ހައުސްތަކުން 3.1 މިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ.

ސަފާރީ އުޅަނދުތަކުން ގްރީން ޓެކްސްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ގާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޙިދުމަތް ދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް