Advertisement
ކ. މާލެ
|
27 މާރޗް 2019 | ބުދަ 11:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
މުހައްމަދު ޝަރުހާން
ރައީސް ސޯލިޙް
ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ނިންމުނު ނިންމުމަކަށް އަދިވެސް ހިތާމަކުރަން: ރައީސް ސޯލިޙް
އެނިންމެވުން ނުނިންމެވުނު ނަމައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާކަމަށް ވިދާޅުވި

ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅުގައި ނިންމެވުނު ނިންމެވުމަކާއިމެދު ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙްގެ ވެރިކަމުގައި ކަންކަން ކުރައްވަމުން ގެންދަވާ ދުވެލި ލަސްކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އެކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިރެއްގައި މާ އަވަސް އަރުވާލައްވައިގެން ކަންކަން ނުނިންމަވާ ކަމަށެވެ. ގޮތް ނިންމެވުމުގެ ކުރިން ކަންކަމާއި ވިސްނަވައި އެކަމުގައި އޮންނަ އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބައްލަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ވެރިކަމުގެ ކުރީ ކޮޅު ޤާނޫނީ އިމުގެ ތެރެއިން ނަމަވެސް ނިންމެވުނު ނިންމެވުމަކުން މިއަދާއި ހަމައަށް ވެސް ހިތާމަކުރައްވާ ކަމަށާއި އެނިންމެވި ނިންމެވުން އެގޮތަށް ނުނިންމެވުނު ނަމައޭ ހިތްޕުޅަށް އަރާވަޑައިގެންނަވާ ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ނިންމެވުމެއް ނިންމެވުމަށް ފަހު އެކަން ފަހުން ބަދަލުކުރަން ޖެހިވަޑައިގަތުމުން ލިބޭ ގެއްލުން މާބޮޑު ކަމަށެވެ.

ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ވަރަށް ގިނަ ކަންކަން ކާމިޔާބު ކަމާއިއެކު ނިންމިފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިޙް ވިދާޅުވީ ސަރުކާރު ހިނގާ ދުވެލި މަޑުު ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 މާރޗް 2019 | ބުދަ 11:33
އައްޑޫ2023
އިބުރާހީމާ ތީތިކަޑަ ކުރިންވެސް މިހާރުވެސް ކަންތަށްކުރަނީ ހިތުހުރިގޮތަކަށް މީހުންގެ ހައްގުތަކައް އަރާގަންނަނީ ބެލުމެށް ވިސްނުމެއްނެތި މަގުމަތީގަ ފެލެންގެންގުޅޭ މީހުންއުފާކޮއްލަން.. މަނިކުފާނު ލޯފުޅު އަނދިރީތޯ ނޫނީ ރާއްޖޭގަ ނޫޅުށްވަނީތޯ ނޫނީ ސިކުނޑީގަ އުނިކަމެށް ހުރީތޯ ތިފާޑަށް އިތުރުފުޅު ތިހައްދަވަނީ ވައުސުއްލަމް
27 މާރޗް 2019 | ބުދަ 04:59
Hehans
އެއީ ގާސިމް. އަހުން ވެސް ވަރަށް ހިތާމަ ކުރަން އޭނާ މިނިވަން ކޮއްދިނިމަވެސް ދޯކާ ދެނީ.