ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒް ހުޅުމާލެ ރައްޔިތުންނަށް 'ގޭދޮށު ސައެއް' ބާއްވައިފި އެވެ. ނިޔާޒްގެ ކެމްޕެއިން ޓީމުގެ ފަރާތުން ބުނީ މިއީ ރައްޔިތުންނާއި ގާތުން ބައްދަލުކޮށް ޑޯޓުޑޯ ހިންގުމުގެ ގޮތުން ބޭއްވި ސައެއް ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް ހުޅުމާލޭ އެކި ސަރަހައްދުތަކުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިފަދަ ހަރަކާތްތައް ކުރިއަށް ރޭވިފައި ހުރި ކަމަށް ކެމްޕެއިން ޓީމުން ބުންޏެވެ.
މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އިތުރަށް އެނގިގެންދާ ކަމަށް ކެމްޕެއިން ޓީމުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، ނިޔާޒު ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި ލާމަރުކަޒީ ނިޒާމަށް ވުރެ ވަކީން މޮޅު ނިޒާމެއް ނެތެވެ. އެކަން ރައްޔިތުން ގަބޫލު ކުރި ނަމަވެސް މިވީހާތަނަށްވެސް ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގެންފައި ނުވާކަމަށް ނިޔާޒް ވިދާޅިވެފައިވެ އެވެ.