ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 20:02
ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ
ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ
ބީއެމްއެލް
ބީއެމްއެލް
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
 
ބީއެމްއެލްއިން އައްޑޫއަށް އަމާޒުކޮށް އިންވެސްޓްމަންޓްތަކާ ވަޒީފާގެ ފުރުސަތު އިތުރުކުރަނީ

އައްޑޫސިޓީގައި މިއަދު އަލަށް ހުޅުވި ކޮންޓެކްޓް ސެންޓަރުގެ އިތުރަށް، ބޭންކް އޮފް މޯލްޑިވްސްއިން ހިތަދޫ އަދި ގަން ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފިއެވެ.

 

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބޭންކުންވަނީ މި ސަރަހައްދުގައި ބޭންކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް ޖުމްލަ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަންވެސް އިއުލާންކޮށްފައެވެ.

 

ގަން ބްރާންޗްގައި ހުންނަވައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކޮށް މިއަދު އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މިދަނީ އިތުރުކުރަމުން ކަމަށާއި ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިންވެސްޓްމެންޓްތައް އިތުރުކުރާނެ ކަމަށެވެ.

 

 މިހުރިހާ ކަމަކާއެކު މި ސަރަހައްދުގައި ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ ކަމަށްވެސް ހީލީ ވިދާޅުވި އެވެ. 

 

ބީއެމްއެލްއިން މި ހަރަކާތްތައް ކުރިއަށް މިގެންދަނީ ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގުރާމުގެ ދަށުންނެވެ. 

 

މި ޕްރޮގްރާމްގައި މި ފެބްރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެ ޚިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް