ސްވިމިންގ ޓްރެކް ސަރަހައްދު ހިޔާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ސްވިމިންގ ޓްރެކް ސަރަހައްދު މީގެކުރިން ހިޔާކޮށްފައިއޮތް ނަމަވެސް، 2018 ވަނަ އަހަރު ރިންގް ރޯޑް ތަރައްޤީކޮށް ނިންމިއިރު، އެ ސަރަހައްދު އޮންނަނީ އެއްވެސް ހިޔާވެހިކަމެއް ނެތި އެވެ. އޭގެ ސަބަބުން ޓްރެކަށް ފަތަންދާ ދަރިވަރުންނާއި، ބެލެނިވެރިވެސް ތިބެންޖެހެނީ މަގުމައްޗަށްވާގޮތަށް އަވީގަ އެވެ.
Happening now
— chakoi (@hadjeas) January 28, 2019
We need a safety, we need a shade @MDVswim @AhmedMahloof @MinYouthSports @HousingGovMv pic.twitter.com/XlIzsWvZZu
އެކަމުގައި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތްއިރު، އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ މަހުލޫފް ވިދާޅުވީ ސްވިމިންގ ޓްރެކް ސަރަހައްދުގައި ރައްޔިތުންނަށް ހިޔަލުގައި ތިބެވޭގޮތަށް އަދި މަގު ހުރަސްނުކޮށް ސާފު ފެން ބޭނުންކުރެވޭގޮތަށް ހަމަޖެއްސުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެކަން ނުފެށި ލަސްވެގެންދަނީ ހުއްދަތަކެއް ނުލިބިގެންކަމަށާއި، ރައީސް އިބްްރާހިމް މުހައްމަދު ސޯލިހާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމްގެ އެހީތެރިކަމާއެކު އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މަހްލޫފް ވިދާޅުވި އެވެ.
Swimming track sarahadhuga rayyithunnah hiyaluga thibeveygothah adhi magu huras nukoh shower beynun kureveygotheh hamajessumah furathama dhuvahun feshigen miaee masahkaiy kuramun. Lasvee hudhaeh nulibigen.
— Ahmed Mahloof (@AhmedMahloof) January 29, 2019
Raees @ibusolih aai @AslamAslamtey ge support aaieku avahah hamajeheyne.
މީހާރުވެސް ސްވިމިންގ ޓްރެކް ސަރަހައްދުގައި ސާފު ފެނުން ފެންވެރޭގޮތަށް ހުންނައިރު، ފެންވެރެން ހުންނަނީ މަގު ހުރަސްކޮށް ދިޔުމަށްފަހު، ޕެޓްރޯލް ޝެޑް ކައިރީގަ އެވެ. ސިނަމާލެ ބްރިޖް ހުޅުވުމާއެކު، ބޮޑު ތަކުރުފާނު މަގުގެ އެ ސަރަހައްދަކީ ބަސް ދަތުރުތަކާއި، އެހެން ދަތުރުތަކާއެކު ޓްރެފިކް ބޮޑު ސަރަހައްދެކެވެ.