މާލޭގެ ދެ ސަރަހައްދެއްގައި މާރާމާރީ ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަލޯރާ ކަންމަތީ ސައިކަލެއްގައި އިން މީހެއް ގައިގައި ގްރޫޕަކުން ގޮސް ޖަހައި މާރަމާރީ ހިންގާފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ މީހަކަށް ކަމަށާއި، އޭނާއަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ދެ ވަނަ މާރާމާރީ ހިންގާފައިވަނީ ބިންމާގޯޅީގައި ކަމަށެވެ. އެ މާރަމާރީގައި 29 އަހަރުގެ މީހަކަށް އަނިޔާވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ނުލިބެކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ދެ މާރާމާރީގެ މައްސަލަވެސް ތަހުޤީޤްކުރަމުން އަންނަކަމަށާއި، އެއްވެސް މީހަކު އަދި ހައްޔަރުނުކުރާކަމަށެވެ.