ލ.ގަމުގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ރައީސް ސޯލިހު ބައިވެރިވަޑައިގެންފިއެވެ.
ލ. އަތޮޅަށް ރައީސް ވަޑައިގެންނެވި މި ދަތުރުފުޅު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ލ. ފޮނަދޫއަށާއި، ލ. ގަމަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ. އެމަނިކުފާނު ބައިވެރިވެޑައިގެންނެވި ދުވުމުގެ ހަރަކާތް ނިންމެވުމަށް ފަހު ލ. ގަމުގެ ޒޯން ސްޓޭޑިއަމް ސަރަހައްދަަށް ވަޑައިގެން ހުކުރު ދުވަހު ވަނީ އެތަން ބައްލަވާ ލައްވާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/1548421256.jpg)
މިއީ ރައީސް ސޯލިހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ލ. އަތޮޅަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ.
ކޮންމެ އަހަރަަކު ވެސް ޓީއެފްޖީން ބާއްވަމުން އަންނަ މި މެރަތަން މި ފަހަރު ބޭއްވީ ލ. ލިންކް ރޯޑްގައެވެ.