ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ލ. އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ލ. ގަމުގައި ޓީއެފްޖީން ބާއްވާ މެރެތަން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ލ. ފޮނަދޫއަށާއި، ލ. ގަމަށް ޒިޔާރަތްކުރައްވައި އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ.
މިއީ ރައީސް ސޯލިހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ލ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަަކު ވެސް ޓީއެފްޖީން ބާއްވާ ދުވުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ލ. ލިންކް ރޯޑްގައެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ.