ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އެމްޓީޑީސީގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފިއެވެ.
ޕީއެސްއެމް ބޯޑު މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ ހއ. ހޯރަފުށީ ދަނބުރުއްދޮށުގެ، އަލީ މިދުހަތު އެވެ. މިދުހަތަކީ ގިނަ ދުވަސްތަކެއް ވަންދެން މީޑިޔާގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ ސަން ޓީވީގެ ސްޓޭޝަން އިންޗާޖުގެ މަގާމުގައެވެ.
އެމްޓީޑީސީގެ ބޯޑު މެންބަރުކަން އައްޔަން ކުރެއްވީ، ގއ. ދެއްވަދޫ ކަރަންކާގެ، ތަޒްމީލް އަބްދުއްސަމަދު އެވެ. ތަޒްމީލު ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކޮށްފައެވެ.