އައްޑޫ ސިޓީގެ މޭޔަރާއެކު މަހަށްފުރި ލޯންޗުގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައި ވާކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީން މަހަށް ފުރި ލޯންޗެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
އާޒިމް ވިދާޅުވީ ހަބަރެއް ނުވެގެން ހޯދަމުންދާ ލޯންޗްގެ މައުލޫމާތު ކޯސްޓްގާޑަށް ރިޕޯޓް ކޮށްފައިވަނީ ބުދަ ދުވަހުގެ ފަތިހު 5:30 ހާއިރު ކަމަށާއި ލޯންޗު މަހަށް ފުރާފައިވަނި އިއްޔެގެ ހަވީރު 4:30 ގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި މަސްދަތުރުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު ބައިވެރިވެވަޑައިގަންނަވައެވެ.