ފިޝަރީޒް މިނިސްޓްރީން ފަޅުރަށްތައް ކުއްޔައް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑަލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ވަރުވާއަށް ފަޅުރަށްތައް ހޯދުމަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައް ވެސް މި ވަގުތު، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
ވަރުވާއަށް ރަށެއް ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅުއްވާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ޙަވާލުގައި ހުންނަ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްރަށެވެ.