މި މަހުގެ 12 ވަނަ ދުވަހު ކ. ދިއްފުށީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް މަރުވި ފިލިޕީންސްގެ ދެމަފިރިންގެ ތެރެއިން ލިއޮމާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި އަންހެނުން އެރިކާ މަރުވީ ފިރިމީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށް އެދެމަފިރިންގެ އޮޓޯޕްސީ ރިޕޯޓްގައި ބުނެފިއެވެ.
މިކަން ކަށަވަރު ކޮށްދީފައި ވަނީ ލިއޯމާގެ ބައްޕަ ޕިލިޕީންސްގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައެވެ.
އެރިކާގެ ހަށިގަނޑު މިހާރު އޮތީ އޭނާގެ އުފަން އަވަށް ސެންޓަ ކްރޫޒްގައެވެ. ހަށިގަނޑު ބުދަ ދުވަހު ފިރިމީހާ ލިއޮމާގެ ގެއަށް ގެންދާނީ ބުދަ ދުވަހުއެވެ. އެއަށް ފަހު މި ދެމަފިރިންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހު ލުމްބަން މެމޯރިއަލް ސިމެޓްރީގައެވެ.
ވެރިރަށް މެނީލާގެ އެއާޕޯޓު އޮފިޝަލުންނާ ހަވާލައިދީ ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެމަފިރިންގެ ހަށިގަނޑު އިއްތިހާދު އެއާލައިންގެ ކާގޯ ފްލައިޓްގައި ނިނޯ އަކުއިނޯ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދެވިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ވަގުތެއްގައެވެ. ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ލިއޮމާ އާއި އެރިކާގެ ހަށިގަނޑު ފިލިޕީންސް އަށް ގެންގޮސްފައި މި ވަނީ އެ ދެމަފިރިން މަރުވިތާ ހަފްތާއެއް ފަހުންނެވެ.
The remains of the couple will be brought to Sta. Cruz, Laguna tonight. pic.twitter.com/OE6eWkwvL6
— Kevin Manalo (@kevinmanalo_) January 19, 2019
މި ދެމަފިރިންގެ ހަށިގަނޑު ރާއްޖެއިން ޕިލިޕީންސް އަށް ގެންދިޔުމަށްޓަކައި ދެ ފަރާތުގެ އާއިލާ އިން ވަނީ ލާރި އެއްކުރަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކޭމްޕޭނެއް ކޮށްފައެވެ. ނަމަވެސް، އެ ދެ މަފިރިންގެ ހަށިގަނޑު ގެންދިޔުމުގެ ހަރަދު ދިވެހި ސަރުކާރުން ވަނީ ނަގާފައެވެ.