އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ވީޑީއޯއެއް އާންމުކޮށްފިއެވެ.
އެ ކޮމިޝަނުން ހޯމަ ދުވަހުގެ ހަވީރު އާންމުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން ފެންނަނީ މަގެއްގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި މީހަކު މަޑުކޮށްގެން އިންނަތަނެވެ. ސައިކަލުގައި އިތުރު މީހަކު އެތަނަށް ދިއުމުން، މަޑުކޮށްގެން ހުރި މީހާ ސައިކަލުގައި ދުއްވާފައިދާ ތަން ފެނެއެވެ.
Mi video gai faahaga kohfaivaa 2 meehunnakee mi commission in balamundhaa massala akaa gulhigen hoadhamundhaa 2 mehunneve. Mi 2 meehunnaa behey evves mauloomaatheh libivadaigenfaivaa nama mi commission ah hissaa kurevvun edhen. Gulhuvvaanee Ph: 3015794. E: [email protected] pic.twitter.com/UMmEo3KTkh
— Commission on Disappearances and Deaths (@DdcomMdv) January 21, 2019
މަރުތައް ބަލާ ކޮމިޝަނުން ބުނީ އެ ވީޑިއޯއިން ފެންނަނީ މީގެ ހަ އަހަރު ކުރިން، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ އަމީނީމަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރެސްޓީޒް ރެސްޓޯރަންޓްގެ ހުޅަނގުގައި ބަޔަކު ހަރަކާތްތެރިވާ ވީޑިއޯ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށް ލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ.
މަރުތައް ބަލާ ކޮމިޝަނުން އާންމު ކުރި ވީޑީއޯއިން ފެންނަނީ ފާރައަށް ހުރި މީހަކު ޑިއުޓީ ބަދަލުވާ މަންޒަރުތޯ ސުވާލު ކުރުމުން، މަރުތައް ބަލާ ކޮމިޝަނުން ޓްވިޓާގައި ޖަވާބު ދީފައިވެއެވެ. އެ ކޮމިޝަނުން ބުނީ ވީޑިއޯއިން ފެންނަނީ ފާރައަށް ހުރި މީހަކު ޑިއުޓީ ބަދަލުވާ މަންޒަރު ކަމަށެވެ.
Mi video in fennanee 1 October 2012 dhuvahuge rey Ameenee magugai hunna Stelco imaaraathuge kurimathin Crusties Restaurant ge hulhangu gai harakaaiytherivi baeh. https://t.co/T5p2GTLQrJ
— Commission on Disappearances and Deaths (@DdcomMdv) January 21, 2019
މަރުތައް ބަލާ ކޮމިޝަނުން ބުނީ އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ ކޮމިޝަނަށް ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ. އެގޮތުން ކޮމިޝަންގެ ފޯން ނަމްބަރު 3015794 އަށް ގުޅައި، އަންގާލަ ދެއްވުން އެދޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.