ހުޅުމާލޭގައި މީހެއްގެ މޫނަށް "މޫވް ސްޕްރޭ" ޖެހުމަށް ފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތް މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރު ކުރީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ބަންދުގެ މުއްދަތައް 15 ދުވަސް ހުޅުމާލޭ ކޯޓުން ވަނީ ޖަހާފައިވާ ކަމަށެވެ.
ހުޅުމާލޭ ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ގިނަ އަދަދެެއްގެ ފައިސާތަކެއް ޖަމާކުރަން ގެންދަނިކޮށް، ދެ މީހަކު އައިސް ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް 'މޫވް ސްޕްރޭ'ޖަހައި ފައިސާތައް ފޭރިގަނެފައި ވަނީ އާދިއްތަ ދުވަހުގެ 11:30 ހާއިރުއެވެ.
ނަމަވެސް ފޭރިގަނެފައި ވަނީ ކިހާ ފައިސާއެއް ކަން ސާފެއް ނުވެއެވެ.