ބިދޭސީއަކު މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 14.00 ގައި ކަމަށެވެ.
މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެއެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މަރުވިމީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މިހާއަކީ ހުޅުމާލޭގައި ބިދޭސީން އުޅެމުންދާ ތަނެއްގައި އުޅެމުން ދިޔަ މީހެކެއެވެ.
ފުލުހުންދަނީ މި މައްސަލަ މިހާރު ތަހްގީގްކުރަމުންނެވެ.